| Home | Games | Youtubes | Members | Blogs | Photos | Videos | Music |
| Groups | Classifieds | Events | Polls | Forums | Articles | Boards | chat |
's blog
މައުމޫނު ކެމްޕޭނު ދަތުރުގައި ބޭނުން ކުރައވާ ދެލޯންޗަކީ ޑިއުޓީ އޮޅުވާލައިގެން އެތެރެކޮށްފައިވާ ދެ ލޯންޗްކަމަށް ކަސްޓަމުގެ ތަހުގީގު ރިޕޯރޓުން ދައްކައިފައިވާތީވެ
ގދ. ގައްދޫގެ ކެމްޕޭނު އޮފީހުގައި ބޭނުންކުރާ ގޮޑި ގަތުމުގައި 500 ރުފިޔާގެ ވަގު ނޫޓް ބޭނުންކޮށްފައިވާތީވެ
ހުޅުމާލެއިން ހިލޭ ބިންދޫކުރަން ރައްޔިތުންގެ މަޖިލިސްއަށް ހުށައެޅި ގަރާރު ޑީއާރުޕީގެ މެމްބަރުން ކުއްލިއަކަށް މަޖިލީހަށް ވަޑައިގެން ފޭލްކޮށްލީތީވެ
ކެމްޕޭނުގައި ސަރުކާރުގެ މުދަލާއި ފައިސާ އަދި މުވައްޒަފުން ބޭނުން ކުރާތީވެ ޑިއާރުޕީން ހިންގަމުން ގެންދާ ސަރުކާރެއްކަމަށް ބުނާ ދިވެހި ސަރުކާރުން ބޭރުގެ ޖަމާއަތެއްކަމަށްވާ ދޮގުހަދައިދިނުމަށް މަސްހޫރު ހިލް އެންޑް ނޯލްޓަން އާ ބޭއްވި ގުޅުމަކަށް އެތައް މިލިއަން ރުފިޔާއެއް ކުރިކަމެއް ނޭނގި ހޭދަކޮށްފައިވާކަމަށް އޮޑިޓަރ ޖެނެރަލް ދާދި ފަހުން ހާމަކުރި ރިޕޯރޓްގައި ބުނެފައިވާތީވެ
ލަޑާވަރު ރިސޯރޓްގައި ބުއްދާއެއް ބެހެއްޓުމުގެ ހުއްދަ ދިނީތީވެ ބޮޑު ފާދިރީންނަށް ނިސްބަތްވާ ޖީސީއެމްޖީގެ ލަޤަބުގެ ބޮޑު ސޮލީބު ރަމްޒުކޮށްދޭ މެޑެލް ޑީއާރުޕީގެ ޒައީމު ރާއްޖެއަށް ގެނައިތީވެ. އާއިލާއަށް ބޮޑެތި މަޤާމުތަށް ދީފައިވާތީވެ. ރައީސުލް ޖުމްހޫރިއްޔާއަށާއި ރައްޔިތުންގެ މަޖިލީހަށް އޮޑިޓަރ ޖެނެރަލް ހުށަހަޅާފައިވާ ރިޕޯރޓްގައި ވާކަންތައްތައް ރަގަޅަށް ބަލާލުމުން (ރިޕޯރޓްގެ ހުލާސާ ވިދާޅުވެލައްވާ)
6 ސެޕްޓެމްބަރ 2008 ދުވަހުގެ ރޭ ޓީވީއެމްގެ ސިޔާސަތު ޕޮރޮގްރާމުގައި އިސްލާމުދީނުގެ ހުކުމްތަކާ ޚިލާފަށް މަޢުމޫނު ދެއްކެވި ވާހަތަކަކުގެ ސަބަބުން (މިކަމާ ބެހޭގޮތުން ރާއްޖޭގެ އިލްމުވެރިން ދެއްވާފައިވާ ބަޔާން ވިދާޅުވެލައްވާ)
މިހާރު މިއޮތް ސަރުކާރަކީ ކޮރޮޕްޝަން ސަރުކާރަކަށް ވާތީވެ
އެހެން ޕާޓީތަކުން އިސްލާމު ދީނު ނޫން އެހެން ދީނެއް އަޔަ ނިދުނުމަށް އަޒުމު ކަނޑަ އަޅަމުން ދާއިރު އެހެން ޕާޓީ ތަކުގެ ބޮލުގައި އިސްލާމު ދީނު ނޫން އެހެން ދީނު ގެންނަން އުޅޭކަމުގެ ބަދުނާމު އަޅުވާތީވެ
މަޢުމޫނު ވެރިކަމުގައި ޑްރަގުބެ ވަބާ މުޅި ރާއްޖެއަށް ފެތުރިފައިވާތީވެ
ގަވައިދާ ހިލާފަށް އެސްޓީއޯ 6 ނަންބަރުކޮށި ޑީއާރުޕީއަށް ދޫކޮށްފައިވާތީވެ، ނުފޫޒް ބޭނުންކޮށްގެން
ހުޅުމާލެ އިން ގޯތި ހިލޭ ލިބޭގޮތެއް ހަމަޖެއްސެވުމަށް މެމްބަރަކު މަޖިލީހަށް ހުށައެޅުމުން ޑީއާރުޕީގެ 17 މެމްބަރުން އެކަމާއި ދެކޮޅަށް ވޯޓުލުމާއި ގުޅިގެން އެބިލް ފާސްނުވުމުން
މިގޮތަށް އެތައް ބައިވަރު ސަބަބުތައް އެބަހުއްޓެވެ. އެސަބަބުތައް އަދި ފަހުން ހިމަނާލާނަމެވެ.
މައުމޫނަކީ މުސްލިމެއް ނޫންކަމަށާއި، އަދި، މުސްލިމެއްގެގޮތުގައިހުރެ މައުމޫނަށް ތާޢީދުކޮށްހެދުމަކީ ވަރަށްބޮޑު ފާފައެއް ބޮލުގައި އެޅޭނެކަމެއްކަމަށް، ރާއްޖެއިން ބޭރުން ތަޢުލީމު ހާސިލްކުރައްވައިގެން ހުންނެވި ވަރަށް ގިނަ ބޭފުޅުން ވިދާޅުވަމުންދާއިރު އަޅުގަނޑުމެން ވަރަށްފުންކޮށް، މިކަންކަމާމެދުގައި އެބަ ވިސްނަންޖެހެއެވެ
އެހެނީ، މިގައުމުގައި އިސްލާމީގޮތުން މަތީތައުލީމު ހާސިލުކުރައްވައިގެންތިބި މިހާގިނަ ބޭފުޅުންނެއް ދޮގެއް ހެއްދެވުމުގެގޮތުންނެއް މިފަދަ ވާހަކަތަކެއް ނުދައްކަވާނެއެވެ. ހަމަގައިމުވެސް އަޅުގަނޑު މިހާރު ބިރުވެތިވަމެވެ. އަޅުގަނޑަކީ ސަރުކާރުގައި މަސައްކަތްކުރާ މީހެކެވެ. އަދި، މިހާރުވެސް އަޅުގަނޑަކީ ސަރުކާރު އޮފީހެއް ހިންގަމުންގެންދާ ވެރިއެވެ. އާދެ! ރާއްޖެތެރޭގެ މުހިއްމު އޮފީހެއްހިންގުމުގެ ޒިންމާއަދާކުރާމީހެކެވެ
އެހެންކަމުން މިމައްސަލާގައި އަޅުގަނޑު ވަރަށްފުންކޮށްވިސްނީމެވެ. ވިސްނުމަށްފަހު އަޅުގަނޑައްވެސް މިއީ ތެދެއްކަން މިހާރުކަށަވުވެއްޖެއެވެ. އެހެނީ، މައުމޫނު ވެރިކަމުގައި މިހޭދަވި ތިރީސް އަހަރުދުވަހުގެތެރޭގައި އެތަށް ބަޔަކަށް އެއްވެސް ހައްގަކާނުލައިވެސް ބޮޑެތި އަނިޔާތައްދީފައިވުމާއި، ކަންތައްތައް އޮޅުވާލާފައިވުމާއި، ދޮގުހެދުމާއި، މީހުންނަށް އަނިޔާކޮށް މެރުމާއި، ޑުރަގު ބޭނުންކުރާމީހުން އިތުރުވެ މީހުންނަށް ވަޅިންނާއި، އެހެނިހެން ނުރައްކާތެރި އާލާތް ބޭނުންކޮށްގެން އަނިޔާކުރުމާއި، ފާހިސު ޢަމަލުތައް އިންތިހާޔަށް އިތުރުވުމާއި، އެކިމީހުންނާމެދުގައި އެކިގޮތް ގޮތަށް ކަންތައްތައް ކުރުމާއި، ރާއްޖޭގެގިނަ ރައްޔިތުން ފަގީރުކަމުގައި ތަޅުއަޅުވާފައި ބޭތިއްބުމުގެ އިތުރުން ހާއްސަކޮށް ރާއްޖެތެރޭގައި ދިރިއުޅެމުންގެންދާ ދެރަ ނިކަމެތިން މައުމޫނުގެ އަޅުވެތިކަމުގެދަށުގައި ގެންގުޅުންފަދަ ކަންތައްތައް ކޮށްފައިވާތީއެވެ
އަދި، މިހާތަނަށް މައުމޫނުއާއި، ދިމާލަށް އެއްޗެހިގޮވާ މީހުން އެއްޗެހިގޮވީ އެއްވެސް ހައްގެއްނެތިކަމަށްދުތްދުތުން މިހާރު އެއީ، ހަގީގަތެއްކަމަށް ހުދު އަޅުގަނޑަށް ކަށަވަރުވެއްޖެއެވެ. މައުމޫނުގެ އަނިޔާވެރި ވެރިކަމަށް ނިމުމެއް ގެނަސްގެންނޫނީ އަޅުގަނޑުމެން ރައްޔިތުންނަށް އާއުސްމިންތަކަށް ދެވެންނެތްކަން ކަށަވަރުވެއްޖެއެވެ. އެހެންކަމުން ، މައުމޫނުގެ އަނިޔާވެރިކަން ނިމުމަކަށްގެނައުމަށް އަޅުގަނޑުވެސް މިހުރީ ކަމަރުބަދެގެނެވެ. އަޅުގަނޑުގެވެސް އެދުމަކީ ހުރިހާއެންމެން މިމުހިއްމުދަނޑިވަޅުގައި އެކެއްޗެއްކިޔައި މައުމޫނުގެވެރިކަން ނިމުމަކަށް ގެންނަންވީ ވަގުތު އައިސް މިހާރުމިއޮތީޖެހިފައެވެ
އަދި، ދަންނަވަންތޯއެވެ. ދިވެހިންގެ ތެރޭގައިވެސް މިކަމުގައި ޚިޔާލުތަފާތުވާ މީހުންއެބައުޅެއެވެ. ނަމަވެސް އެއީކީ މާބޮޑު މައްސަލައެއްނޫނެވެ. އިންސާނުންގެތެރޭގައި އިބުލީހުންވެސް އުޅޭފަދައިން މައުމޫނު ފަހަތުގައި އެއުޅެމުން ގެންދަނީ އެފަދަ އިބިލީހުންނެވެ. ލޮބުވެތި ރައްޔިތުންނޭވެ. މައުމޫނު ވެރިކަމަށް ގެންނަންދެން މަސައްކަތްނުކުރާށެވެ. އަޅުގަނޑުމެންނަކީ ކާފަރުންކަމުގައި ވެގެންނުވާނެއެވެ
މާތް ﷲ ގެ އިރާފުޅުން އަޅުގަނޑުމެން މިކުރާމަސައްކަތަށް ކާމިޔާބު ލިބޭނެއެވެ. މިހިރަ އަނިޔާވެރި މައުމުމޫނުގެ އަތްދަށުން އަޅުގަނޑުމެންނާއި، އަޅުގަނޑުމެންގެ ދަރިންނާއި، ދަރިންގެދަރިން މިފަހަރު ސަލާމަތްވާނެއެވެ. އެންމެން ގުޅިގެން މިފަހަރު މައުމޫނުގެ އަނިޔާވެރިކަން ނިމުމަކަށް ގެން ނަންވާނެއެވެ. މާތްﷲ ގެ ކުޅަދުންވަންތަކަމާއެކު އަޅުގަނޑުމެނަށް މިފަހަރުމިކަން ކުރެވޭނެއެވެ
Received on Wed, Oct 1, 2008 at 4:15 PM
If you want post any article, send to siyaasee@finiashi.com
މިހާރު ރާއްޖޭގެ ވެރިކަމުގައި ހުރި އަދި މިފަހަރު ރިޔާސީ އިންތިހާބަށް ޑީއާރުޕީގެ ފަރާތުން ނުކުތް މައުމޫނު ޢަބުދުލް ޤައްޔޫމުގެ ކޮއްކޯ ފުޅު ކުއްލި ގޮތައްކަށް ސަރުކާރުގެ ވަޒީރުކަމުން އިސްތިއުފާ ދިނުމުން މީހުން އެކިގޮތްގޮތައް ވާހަކަ ދެއްކެވިއެވެ. އެއްބަޔަކަށް މިކަމުން ކުއްލި ހައިރާންކަމެއް ލިބުނުކަމުގައިވިޔަސް ގިނަ މީހުން ދައްކަމުން ދިޔަވާހަކައަކީ މިއީ ޕޮލިޓިކްސް ގޭމެއްކަމުގައެވެ
ޔާމީނު ސަރުކާރުގައި އުޅުއްވިއިރު ރައްޔިތުންގެ އެހާ ތާއީދެއް ނެތެވެ. ރާއްޖޭގައި އެންމެ މައްސަލަ ބޮޑުވެފައިވާ ކަންތައްތަކުގެ އިނގިލި ދިއްކުރަނީ ޔާމިނާ ދިމާލަށެވެ. އެހެންވެ، އޭރެ ރައްޔިތުން ދެއްކި ވާހަކަ ތަކުގެ ތެރޭގައި ޔާމީނުއާހެދި ސަރުކާރު ބަދުނާމުވެ އަދި އެމަނިފާނަށް ރައްޔިތުން ތައީދު ނުކުރައްވާތީ އެކަންތައްތައް ބަދަލުކުރުމަށް ޔާމީނު އާއި އެމަނިކުފާނުގެ އެކުވެރިން ސަރުކާރުން ވަކިވީއެވެ. އަދި ރާއްޖޭގެ އިޤްތިޞާދު ކުރިއެރުވުމަށްޓކައި ޖަމިއްޔާއެއް އުފެއްދިއެވެ. އަދި އެއައްފަހު އެޖަމިއްޔާ ސިޔާސީ ޕާޓީއަކަށް ބަދަލުވިއެވެ
ޔާމީނު ސަރުކާރުން ވަކިވެގެން ދުވަހު ނޫހެއްނެރި އަދި އެމަނިކުފާނު ބެލުމުގެ ދަށުގައި ވެބްސައިޓެއްވެސް ހަދާ ސަރުކާރަށާއި ޙާއްޞަކޮށް ސަރުކާރުގެ ބައެއް ވެރިންނަށް ފާޑުކިޔަމުން ދިޔަކަމަށް މާލެ އާއި އަތޮޅު ތެރޭގައި ދެކުމުން ދިޔައެވެ
ސަރުކާރުން ވަކިވެ ސަރުކާރާއާއި އިދިކޮޅަށް ޔާމިނު ނުކުމެ އުޅުނުދުވަސްވަރު ރައްޔިތުންގެ ކޮންމެވެސް ވަރެއްގެ ސަޕޯޓެއް ލިބުން ކަމަށް ފާހަގަކުރެވެ. އެގޮތުން ރާއްޖޭގައި ސިޔާސީ ނިޒާމުގެ ކެޕްޕޭނު ދުވަސްވަރު ރާއްޖޭގައި ނެރޭ އެންމެ ދުވަސްވީ ދުވަހު ނޫހެއްކަމުގައިވާ "ހަވީރު ނޫސް" އިން އިންތިޒާމުކުރި ޑީބޭޓް ދިމާވި މައްސަލަކާހުރެ ނިންމާލި ރޭ ޔާމީނު އެސަރަހައްދުން ފެނުމުން މުޅި އެސަރަހައްދުގައި އެއްވެފައިވާ މީހުން އެއްއަޑަކުން "ޔާމީނު ޒިންދާބާދު" އޭ ގޮވިއެވެ
ސަރުކާރުން ޔާމީނު އާއި އެބޭފުޅާގެ އެކުވެރިން ވަކިވި ދުވަހުން ފެށިގެން ތުންތުން މަތިން ދެކުވުނު ވާހަކާ އާއި އެއްގޮތައް އެންމެ ފަހުން އެބޭފުޅުން ޖެހިވަޅަށް ޖެހީއެވެ
ކޮންމެ ހުކުރު ދުވަހެއްގެ ރޭ އެސްއެމްއެސް މުދުވެރިކޮށް ދިއެފްއެމްއިން ކުރިއަށް ގެންދަމުންދާ ޕޯލުން އެމްޑީޕީގެ ކެނޑިޑޭޓް މިހަފްތާގައިވެސް ކުރިހޯއްދަވައިދިއެވެ. މި ވޯޓް ނަގަމުންގެންދަވަނީ މިފަހަރު ރިޔާސް އިތިޙާބައް ކުރިމަތިލައްވާފައިވާ ބޭފުޅުންގެ ތެރެއިން ރައްޔިތުން އެންމެ ކަމުދަނީ ކޮން ކެނޑިޑޭޓަކާއި މެދުގައިތޯބެލުމަށެވެ. މިފަހަރު ފޯލްގެ ކަންތައްތައް ކުރިޔަށް ގެންދެވީ އޮބްޒާވަރުންގެ ހާޒިރުގައެވެ. އޮބްޒާވަރުންގެ ތެރޭގައި ނޫސްތަކުގައި މަސައްކަތްކުރާ ބޭފުޅުންނާއި ސިޔާސީ ޕާޓީތަކުގެ އިސްބޭފުޅުން ތިއްބެވިއެވެ
މި ޕޯލަށް މިފަހަރު 10887 މީހުން ވޯޓް ދެއްވާފައިވެއެވެ. މީގެ ތެރެއިން 5344 މީހުން ވޯޓް ދެއްވާފައިވަނީ އަންނިއަށެވެ. ކުރީ ފަހަރަށް ބަލާނަމަ މިފަހަރު އަންނިއަށް އިތުރަށް ލިބިފައިވަނީ 1573 ވޯޓްއެވެ
ދެވަނައަށް ގޮސްފައިވާފައިވާ ޑރ ހަސަން ސައީދަށް ލިބިފައިވަނީ 1212 ވޯޓްއެވެ. ނަމަވެސް ކުރީ ހަފްތާއަށް ބަލާއިރު ހަސަން ސައީދަށް 220 ވޯޓް ލިބިފައިވަނީ މަދުންނެވެ
ކުރީ ހަފްތާގައި ދެވަނައިގައި އޮތް ޑީއާރްޕީގެ ޒައީމު މިފަހަރުވަނީ 3 ވަނައަށް ވެއްޓިފައެވެ. އެނަމިކުފާނަށް މިފަހަރު ލިބިފައިވަނީ 2005 ވޯޓްއެވެ. ކުރީ ހަފްތާއަށް ބަލާނަމަ މިފަހަރު މަޢުމޫނަށް ލިބިފައިވަނީ 357
ވޯޓް މަދުންނެވެ
ޖުމްހޫރީ ޕާޓީގެ ފަރާތުން ކުރިމަތިލީ ގާސިމް އިބްރާހީމް މިފަހަރުވަނީ ކުރީ ފަހަރަށް ވުރެ 382 ވޯޓް އިތުރަށް ހޯއްދަވައި މިފަހަރު 1930 ވޯޓް ހޯއްދައިގެން ހަތަރުވަނައަށް ގޮސްފައެވެ
ދެންތިބި ކެނޑީޑޭޓުންނަށް ބަލާނަމަ އިބްރާވެސް ވަނީ އެއްފިޔަވަޅު ފަހަތަށް ޖެހިފައެވެ. އެއީ 6 ވަނައަށް ވެއްޓިފައެވެ. އަދި 6 ވަނަގައިއޮތް އުމަރުވަނީ 5 ވަނައަށް ކުރިޔަށްޖެހިލާފައެވެ
ވީމާ، މީގެން ދޭހަވަނީ ކެނޑިޑޭޓުން ކުރައްވަމުންގެންދަވާ ކެމްޕޭނުގެ ސަބަބުން ރައްޔިތުން ހޮވަން ބޭނުންވާ ބޭފުޅުއަކީ ކާކުކަމާއި، ކެޑިޑޭޓުންގެ ސަޕޯރޓްއަށް އަންނަމުންދާ ބަދަލުތަކެވެ. ނަމަވެސް ރޭގަ އަޅުގަނޑަށްވެސް އެތައް އެސްއެމްއެސް އެއް އަންނި އަށް ވޯޓް ލުމަށް އެސްއެމްއެސް ފޮނުވުމަށް މެސެޖް ލިބުނެވެ. ވީމާ، މީގެން ފެންނަ އަނެއްފަރާތަކީ ހަޤީޤީ ވޯޓް ލާދުވަހުވެސް މިގޮތަށް ކެމްޕެއިން ކުރައްވާނެކަން ކަށަވަރެވެ. އެގޮތުން ކުޑަފާހަގަ ނުވަތަ ބޮޑުފާހަގަ ޖެހުމަށާއި، ގޮތެއް ނިންމަން ނޭންގޭނަމަ ފުރަތަމަ ނަމުގައި ފާހަގަ ޖެހުމަށާއި މިނޫން އެކި ގޮތްގޮތައް އެސްއެމްއެސް އާޢި އެހެނިހެން ގޮތްގޮތުން ރައްޔިތުން އަނބުރާނެކަންކަށަވަރެވެ. ނަމަވެސް އަޅުގަނޑަށް ކަމުދާ އެކަކުވެސް މިފަހަރު ނެތުމުން އަޅުގަނޑު ފާހަގަ ޖަހާނީ އަޅުގަނޑުގެ ނަން ތިރީގަޖަހާފައި އެނަމުގައެވެ
މިދުވަސްކޮޅު ކޮންމެ ދިވެހި ރައްޔިތެއްގެ ހިތުގައިވެސް އުފެދޭނެ އެންމެ ބޮޑު ސުވާލަކީ، މިއަހަރުގެ އިންތިޚާބު ކާމިޔާބުކުރައްވައި، ދިވެހި ގައުމު މިއޮތްޙާލަތުން މިއަށްވުރެ ރަގަޅު ހާލަތަކަށް ބަދަލުކޮށްދެއްވޭނީ ކޮންބޭފުޅަކަށްހޭ؟ މިއީ މިވަގުތަށް ޖަވާބޭދޭން ފަސޭހަ ސުވާލެއްކަމުގައި ނުވިއަސް ތިމާއާއި ދަރިންގެ މުސްތަގްބަލާމެދު، ދިވެހި ރައްޔިތުންނާމެދު، ދިވެހި ގައުމާމެދު ވިސްނާ ފިކުރުކުރާ ކޮންމެ މީހަކުވެސް ޖަވާބު ބޭނުންވާނެ ސުވާލެވެ. މިސުވާލުގެ ފުރިހަމަ ޖަވާބެއްލިބޭނީ އިންތިޚާބު ނިމުމުންކަމާމެދަކު ޝައްވެސް ނެތެވެ
އިންތިޚާބަށް މިހާހިސާބަށް ކުރިމަތިލައްވާފައިވާ ފަރާތްތަކަށް ބަލާލާއިރު، ވަކި ކަޑައެޅިގެން އިންތިޚާބު ކާމިޔާބުކުރައްވާނީ ކޮންބޭފުޅެއްކަން އެގޭހައި ސިޔާސީ މަސްރަޙު ސާފެއްނޫނެވެ. އޭގެއިތުރުން، މިއީ ރާއްޖޭގައި މިފަދަ، ގިނަބަޔަކު ވާދަކުރާ ފުރަތަމަ އިންތިޚާބަށް ވުމާއެކު، ދުނިޔޭގެ ގިނަގައުމުތަކުގައި ނަގާފަދަ ޚިޔާލުހޯދުމުގެ ސާވޭތަކާ ދިރާސާތައް ކުރާފަރާތްތައް މަދުވުމާއި، އާންމު ރައްޔިތުންގެ ހޭލުންތެރިކަން އެހެން ގައުމުތަކާއި އެއްފެންވަރަށް ނެތުމުމުގެ ސަބަބުން ކުރިއާލާ މިވެނި ބޭފުޅަކު ކާމިޔާބުކުރާނެޔޭ ބުނަންދަތިވާނެއެވެ. މިހާރުވެސް ބަޔެއްކަހަލަ ސާވޭތައް، އެކި ޕާޓީތަކުންނާއި، އަމިއްލަ ފަރާތްތަކުންވަނީ ކޮށްފައެވެ. ނަމަވެސް ސިޔާސީ މަސްރަޙު ދުވަހުން ދުވަހަށް ބަދަލުވުމާގުޅިގެން އެސާވޭތަކުގެ ނަތީޖާއަށް ބުރަވުމަކީ ރަގަޅު ނިންމުމަކަށް ނުވާނެއެވެ
މިގޮތުން އެންމެ ފާހަގަކޮށްލެވޭ އެއް ސާވޭއަކީ ދާދިފަހުން އަމިއްލަ ރޭޑިއޯ ސަޓޭޝަނެއްކަމަށްވާ ދިއެފްއެމް އިން އިންތިޒާމުކޮށްގެން ނެގި އެސްއެމްއެސްގެ ސާވޭއެވެ. ދިއެފްއެމްއިން ކޮންމެ ހުކުރުދުވަހެއްގެ ރޭ ގެނެސްދޭ ރިޔާސީރޭސް ޕްރޮގްރާމުގައި މިހާތަނަށް ދެސާވޭއެއް ގެނެސްދީފިއެވެ. ފުރަތަމަ ސާވޭގައި ވަރަށް ބޮޑުތަފާތަކުން ޑޮކްޓަރ ޙަސަން ސަޢީދު ކުރިހޯއްދެވިއެވެ. އެއީ ގާތްގަޑަކަށް %80 އެވެ. ނަމަވެސް އެރޭގެ އެސްއެމްއެސް ޕޮލްގެ ނަތީޖާގައި ޓެކްނިކަލް މައްސަލަތަކެއް ހުރިކަމަށް ފާހަގަކުރެވިގެން އެ ޕޮލްގެ ނަތީޖާވަނީ ޞައްޙަނޫން އެއްޗެކަށްހަދާ ބާތިލްކޮށްފައެވެ
ދެވަނަ ޕޮލްގެ ނަތީޖާއިން ޚައިރާންކުރަނިވި ނަތީޖާއެއް ހޯއްދެވީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓެވެ. އެއީ ގާތްގަޑަކަށް %40 އެވެ. ކުރީގެ ޕޮލްއާއި ޚިލާފަށް ފަހުގެ ޕޮލްގެ ނަތީޖާ ދެއްކިގޮތުން ދެވަނަ މައުމޫން ޢަބްދުލްޤައްޔޫމާއި ތިންވަނަ ޑޮކްޓަރ ޙަސަން ސަޢީދާ ދެމެދު ވަނީ ވަރަށް ކުޑަތަފާތެކެވެ. 21 އެސްއެމްއެސްގެ ތަފާތެކެވެ. ވިސްނާލަންޖެހޭ ކަމަކީ މިހެން ނަގާ އެސްއެމްއެސްގެ ޕޮލްގެ ނަތީޖާއަކުން ޙަޤީޤީ ސަޕޯޓެއް ނުވަތަ މަގުބޫލުކަމެއް އެގިގެން ނުދާނެކަމެވެ. ނަމަވެސް މީގެސަބަބުން ނޭދެވޭ އަސަރުތަކެއް ސަޕޯޓަރުންނަށް ކުރާނެކަން ޔަގީނެވެ. މިފަދަ ގޮތްގޮތަށް ނަގާ އެސްއެމްއެސްގެ ޕޮލްތަކުގައި ދިމާވާނެ މައްސަލަތުގެ ތެރޭގައި އެންމެ ބޮޑަށް ފާހަގަކޮށްލެވޭ ކަމަކީ އެސްއެމްއެސް ފޮނުވާ ފަރާތްތަކުގެ ޢުމުރު ބެލޭނެ މެކޭނިޒަމެއް އިންތިޒާމުކޮށްފައިނެތުން. ރާއްޖޭގައި މޯބައިލް ފޯނުގެންގުޅޭ މީހުންގެ ޢުމުރަށްބަލާއި 18 އަހަރު ނުފުރޭ ޒުވާނުންގެ ހިއްސާ ވަރަށް ބޮޑުވާނެކަމަށް ލަފާކުރެވެއެވެ. މިދެންނެވި ޢުމުރުގެ ގިނަކުދިންނަކީ އަންނި އެކުދިންގެ ހީރޯއަކަށް ބަލާބޭފުޅެކެވެ. މިއާއި ޚިލާފަށް ޑޮކްޓަރ ޙަސަން ސަޢީދަށް، އެސްއެމްއެސް ކުރާނެކަމަށް ލަފާކުރެވެނީ ސީރިއަސްކޮށް ވިސްނާ ޢުމުރުން މިދެންނެވި އުމުރުގެ މަތީގެ މީހުންނެވެ. މިފަދަ ސަބަބުތަކަކަށްޓަކައި މިގޮތަށް ނަގާ އެސްއެމްއެސްގެ ޕޮލްއަކުން އަސްލު ޙަޤީޤަތް ނޭގުން ވަރަށްގާތެވެ
ގައުމެއްގެ ރައީސަކަށް ބަހައްޓަން ބޭނުންވާ މީހެއްގައި ހުންނަންޖެހޭ ސިފަތަކެއް ހުރެއެވެ. މިގޮތުން ދިވެހިންވެސް މިއަހަރު މިބާއްވާ އިންތިޚާބުގައި ގައުމުގެ ވެރިއަކަށް ހޮވާ މީހެއްގައި ހުންނަނީ ކޮންސިފަތަކެއްތޯ ބަލަންޖެހޭނެއެވެ. މިހާތަނަށް އިންތިޚާބަށް ކުރިމަތިލައްވާފައިވާ ބޭފުޅުންގެތެރެއިން އެންމެ މަގުބޫލުކަމަށް ބެލެވޭ 4 ބޭފުޅުންނާމެދު ޢާންމުން ދެކޭގޮތް ބަލާލުމަކީ ބޭނުންކަމެއްކަމަށް ފެނެއެވެ
މައުމޫން ޢަބްދުލްޤައްޔޫމް: ކިޔަވައިގެން ހުރި މޮޅުބޭފުޅެއް ޚާއްޞަކޮށް ދީން އެގިވަޑައިގަންނަވާ ބޭފުޅެއް، 30 އަހަރު ވެރިކަން ކުރެއްވިއިރު ރައްޔިތުން ހިތްހަމަޖެހޭ މާގިނަ ކަންތައްތަކެއް ކޮށްދެވިފައެއްނެތްއިރު އިޖްތިމާޢީގޮތުންނާއި އިގްތިޞާދީގޮތުން ގައުމު ސީރިއަސް ޙާލަތަކަށް ގެންދެވުން. އާއިލީމީހުންނާއި ގާތްރައްޓެހިންނަށް ސަރުކާރުގެ ބޮޑެތި މަގާމުތައް ދިނުން. އިސްރާފު ބޮޑުބޭފުޅަކަށްވުން. ވައުދު ނުފުއްދާ ކަމަށް މަޝްހޫރުވުން
މުޙަންމަދު ނަޝީދު (އަންނި): ކިޔަވައިގެން ހުރި ކެރޭ ޖެހިލުންކުޑަ ބޭފުޅެއް. ރާއްޖޭގައި މިއޮތް ވެރިކަން ބަދަލުކުރުމަށްޓަކައި އެންމެ ބުރަކޮށް މަސައްކަތްކުރައްވާ އެއްބޭފުޅަކަށްވުން. ޑިމޮކްރެސީގެ ނަމުގައި ބައިވަރު ކަންތައްތަކެއް ކުރެއްވުން. މުޒާހަރާކޮށްގެން ކަންތައްތައް ނިންމުމަށް މަސައްކަތްކުރާ ބޭފުޅެއްގެ ލަގަބުލިބުން. ލީޑަރަކަށްވުރެން ބޮޑަށް އެކްޓިވިސްޓަކާ އެއްވައްތަރުވުން. ސާބިތުކަން ކުޑަކަމަށް ދެކުން. ނުފެއްދޭ ޕްރޮމިސްތައްކުރުން
ޑޮކްޓަރ ޙަސަން ސަޢީދު: ވަރަށް މޮޅަށް ގާނޫނީ ރޮގުން ކިޔަވައިގެން ހުރި، ވިސްނުންތެރި، އިޚްލާޞްތެރި، އެހެންމީހުންގެ އިޙްސާސްތައް ދެނެގަންނަ، ވަޒީރުކަމުގައި ހުންނެވިއިރު ވަރަށް ގިނަ އިސްލާހީ މަސައްކަތްތަކެއް ކޮށްދެއްވުން. ފަސްބައި ރީތިވުން، ތަސައްވުރެއް އޮވެގެން މަސައްކަތްކުރުން. އެންމެ ކުޑަދުވަސް ކޮޅެއްގެތެރޭގައި އާންމުން ބަލައިގެން ބޭފުޅެއް ކަމުގައިވުން. ބޮޑެތި ޗެލެންޖްތަކާއި ކުރިމަތިލައި ކާމިޔާބު ހޯދުން. ރައްޔިތުންގެ ލާބަޔަށް މަސައްކަތްކުރާކަމަށް ފާހަގަވުން. ރާއްޖޭގެ މިހާރުގެ ހާލަތަށް އެންމެ އެކަށީގެންވާ ބޭފުޅާކަމަށް ގިނަބަޔަކު ގަބޫލުކުރުން
ޤާސިމް އިބްރާހީމް (ބުރުމާޤާސިމް): ތައްލީމީގޮތުން ފާހަގަކޮށްލެވޭ ކާމިޔާބެއްނެތްނަމަވެސް އިގްތިސާދީގޮތުން އެންމެ ފުންނާބުއުސް ބޭފުޅާ. ރާއްޖޭގައި ހުރި އެންމެ ބޮޑުމަހުޖަނު. މީހުންނަށް ސިއްޙީކަންތައްތަކަށާއި ތަޢުލީމަށް އެހީތެރިވުމުގައި ރާއްޖޭގައި ދެވަނައެއްނެތް ބޭފުޅެއްކަމުގައި ވުން. ގައުމުގެ ވަރިއަކަށް ކަމުނުދާކަމަށް ގިނަބަޔަކު ގަބޫލުކުރުން. ޚާއްޞަކޮށް ވިޔަފާރިވެރިން ވެރިކަމަށް ގެނައުމަށް ގިނަބަޔަކު ދެކޮޅުހަދަމުން ދިޔުން. ފައިސާއިން ހުރިހާކަމެއް ކުރުމުގެ އުސޫލުގެންގުޅޭކަމަށް ގިނަބަޔަކު ގަބޫލުކުރުން. އަޚްލާޤީގޮތުން މާމަގްބޫލު ބޭފުޅަކަށްނުވުން. އަމިއްލަ މަސްލަހަތު ކުރިއަށް ނެރޭ ބޭފުޅަކަށްވުން
މަތީގައި ބަޔާންކުރެވުނު ކަންތައްތަކަށް ނަޒަރު ހިންގާލާއިރު މިއަހަރުގެ އިންތިޚާބު ކާމިޔާބުކުރާނެކަމަށް އެންމެ ބޮޑަށްބެލެވޭ ބޭފުޅަކީ ޑޮކްޓަރ ޙަސަން ސަޢީދެވެ. ދެވަނައަށް މުޙަންމަދު ނަޝީދުއަންނިއެވެ. އަދި ތިންވަނައަށް ލަފާކުރެވެނީ މައުމޫން ޢަބްދުލްޤައްޔޫމެވެ. ނަމަވެސް ފައިސާނެ ނުފޫޒުން ޤާސިމް ވެރިކަމަށް ވަޑައިގަތުމުގެ ބިރު އޮތްކަން ފާހަގަކުރަމެވެ
Send article to siyaasee@finiashi.com
މިރާއްޖޭގެ ރައީސްކަމަށް ކުރިމަތިލައްވާފައިވާ ޤާސިމްއިބުރާހީމަކީ ތެދުތެދަށް ދަންނަވާނަމަ ދެންނެވީ ސަލާން ޖަހަމުންދާ، އެހީހޯދުމަށްދުވާ ނިކަމެތިންނާއި، މިގައުމުގައި ދިރިއުޅޭ މުސްލިމުންގެ ހަޤީޤީ ބައްޕައެވެ. ހާލުގައި ޖެހިފައިވާ އެތަށްނިކަމެތިންނަށް އެހީތެރިކަން ފޯރުކޮށްދެއްވަމުންގެންދަވާ ވަރަށްހިތްހެޔޮބޭފުޅެކެވެ. ހާއްސަކޮށް ނިކަމެތި ފަޤީރުންދެކެ ވަރަށްލޯބިފުޅުވާ ބޭފުޅެކެވެ. ކުރިންވެސް އަދި، މިހާރުވެސް މިކަންމިއޮތީހަމަ މިގޮތުގައެވެ. އެހެންކަމާއެކު، މިގައުމުގެ ނިކަމެތި ރައްޔިތުންގެ ހިތްތަކުގައި ބިންވަޅުނެގިފައިވާ ބޭފުޅަކީ ލޯތްބާއި އިތުބާރާއި، ޔަޤީންކަންލިބިފައިވާ ހަމައެކަނި ބޭފުޅަކީ ޤާސިމެވެ.
މިއީ، ކަންއޮތްގޮތެވެ. ވޭތިވެގެންދިޔަ ދިގުމުއްދަތުގެތެރޭގައި ރާއްޖޭގެރައްޔިތުންގެހާލު އެންމެރަނގަޅަށް އެނގިވަޑައި ގަންނަވާނެ ހަމައެކިހުންނެވި ބޭފުޅަކީ ޤާސިމުނޫނީ ނުވާނެއެވެ. ޤާސިމުއިބުރާހީމު ރައްޔިތުންނަށް ވެފައިވަނީކީ ހަމައެކަނި ފައިސާގެ އެހީތެރިކަމެއްނޫނެވެ. އެމަނިކުފާނުން އަޅުގަނޑުމެން ނިކަމެތިންނަށް ސިޔާސީގޮތުންނާއި، އެހެނިހެން ގޮތްގޮތުންވެސް މިނިވަންކަން ހޯއްދަވައިދެއްވުމައްޓަކައި އެންމެބޮޑަށް މަސައްކަތްކުރައްވާފައިވާ ބޭފުޅަނީވެސް ހަމަ ޤާސިމުއިބުރާހީމެވެ. މިގޮތުން މިވަގުތުއޮތްއެންމެ އިދިކޮޅުސިޔާސީޕާރޓީއަކީވެސް ސީދާ ޤާސިމް އިބުރާހީމު އުފައްދަވާފައިވާޕާޓީއެކެވެ. އެއީކީ، އަންނިގެ މަސައްކަތްކަތުން އުފައްދާފައިވާ ޕާރޓީއެއްނޫނެވެ. އަޅުގަނޑުމިހެންމިދަންނަވަނީ މިކަމުގެހަގީގަތް ވަރަށް ރަނގަޅަށް އެގިހުރިމީހެއްގެ ހައިސިއްޔަތުންނެވެ.
އެމް، ޑީ، ޕީ، އުފެދި މިޕާރޓީގެ މެމްބަރުންނާއި، މިޕާރޓީއަށް ތާޢީދުކުރައްވާފަރާތްތަކުން ހަމަނޭވާލަމުން ދިޔަވަރަކަށް މިހާރުމިއޮތް ހުދުމުހުތާރު ވެރިކަންހިންގާ މައުމޫނުގެ އަނިޔާވެރި ސަރުކާރަށްޖެހުނީ މެކުހަށްޖަހާފައި ހުރި ދަތްގަނޑު އެއްކޮށްދައްކޮށް ހަރުކަށިގޮތްގަނޑު ދޫކުރާށެވެ. ހަޤީގަތަށްދަންނަވާނަމަ ދެންނެވޭނީ ޤާސިމް އިބުރާހީމަކީ ނިކަމެތިންގެ ބައްޕައެއްވެސް އެކަންޏެއްނޫނެވެ. ޤާސިމްއިބުރާހީމަކީ ދިވެހިރާއްޖޭގައިތިބި މުސްލިމު އުއްމަތަށް ނިސްބަތްވާ ރާއްޖޭގައިތިބި މުސްލިމުންގެ ހަޤީޤީ ބައްޕައެވެ. އަޅުގަނޑު މިހެން މިދެންނެވީ މިޤައުމުގައި އިސްލާމްދީނު ޤަބޫލުނު ކުރާބަޔަކުވެސް އެބައުޅެއެވެ. އަދި، އެމީހުން އެޅެމުންގެންދަނީ ކާކުގެ ފަހަތުގައިކަން ތިޔަބޭފުން ހޯދާށެވެ. ލަނޑައިންނާއިގުޅޭނީ ލަނޑައިންނޭބުނާބީދައިން އިބިލީހުންނާއިގުޅޭނީ އިބިލީހުންނެވެ. މައުމޫނުގެ ފަހަތުގައި އުޅެމުންގެންދާ މީހުން މައުމޫނު ފަހަތުލައިގެން އުޅެމުންއެގެންދަނީ މިވޭތިވެދިޔަ ތިރީސް އަހަރުގެތެރޭގައި މައުމޫނުކޮށްފައިވާ ނުބައިނުލަފާ ޖައްބާރުކަންތައްތައް ފަހަރެއްގައިވެސް ނޭގިތިބެއެއް ނޫނެވެ.
އާދެ. އަޅުގަނޑު މިގައުމުގައި ދިރިއުޅެމުންގެންދާ މުސްލިމު އަހުންނާއި އުހްތުންނައް ދަންވާލަންއޮތްހާވެސް ވާހަކައަކީ ޤާސިމު މިގައުމުގެ ވެރިކަމަށް މިފަހަރު ހޮވައިދިނުމަކީ ވަރައްވެސް މުހިންމުކަމެކެވެ. އެހެނީ، ޤާސިމްއަށް ވެރިކަން ލިބިއްޖެނަމަ ހަމަޔަޤީނުންވެސް އަޅުގަނޑުމެންނަށާއި، އަޅުގަނޑުމެންގެ ދަރިންނަށް ޞިއްހީ ގޮތުންނާއި، ތަޢުލީމީގޮތުންނާއި، އަދި، ވަޒީފާގެ ފުރުސަތުތައް އިތުރުވެގެން ދިއުމުގެ އިތުރުން އަހަރެމެންނަށް ބޭސްފަރުކާކޮށް ހެދުމުގަޔާއި، ދެން، މިހެންގޮސް ހުރިހާކަމެއްގައިވެސް ވަރަށްބޮޑެތިފަސޭހަތައް ވެގެންދާނެކަން ޔަޤީނެވެ. އެހެނީ، ޤާސިމްއިބުރާހީމަކީ ކުރިންވެސް އަދި، މިހާރުވެސް އެއްވެސް އަގަކާއިނުލައި ވަރަށްގިނަބަޔަކަށް އަމިއްލަޖީބުން ޚަރަދުކުރަމުން ގެންދަވާބޭފުޅެކެވެ. އަދި، މިއީތެދެއްކަން ތިޔަބޭފުޅުންވެސް ޤަބޫލުފުޅު ކުރައްވާނެ ފަދައިން މިރާއްޖޭގައި ޤާސިމުނޫނީ އެހެންވިޔަފާރި ވެރިންނެތީތޯއެވެ، އެއިންމީހަކު މީހަކަށް ކަމެއްއެބަކޮށްދޭތޯ، ނުކޮށްދޭ! އަނިޔާވެރި މައުމޫނު ފަހަތުލައިގެން ތިއުޅޭ ޗަންޕާމެންނާއި، ސަންޓްރެވަލް ޝިޔާމުމެން އަތުގައިފައިސާނެތީތޯ، ކޮބާތަ މައުމޫނުލައިގެންއުޅޭ ޗަންޕާތައް، ޗަންޕާޕޫލުތައް! އެއީ، ވިޔަވާރިވެރިންނެއްނޫންތޯ؟ އެމީހުންއަތުގައި ރިސޯޓްފަހަރުނެތީތޯ؟ އަޅުގަނޑު އަޑުއަހާފައިވާ ގޮތުގައި ހަމައެކަނި ޅ، އަތޮޅުގައި މިދަންނަވާ ޗަންޕާމެންގެ ދެތިން ރިސޯޓްއޮވެއެވެ، ނަމަވެސް އެއަތޮޅުގެ ރަށަކަށް ފައިދާނުކޮށްދޭތާ މީހަކައްވެސް ފައިދާއެއް ކޮށްނުދޭތާ މީނާގެ ސަބަބުން އެއަތޮޅުގެ ރައްޔިތުންނަށްވަނީ ބޮޑުބަލާއެއްކަމަށްވެއެވެ. އެހެންވެގެން ކުރިންވެސް އަޅުގަނޑު ދަންނަވާލީ މައުމޫނުފަހަތުލައިގެންއުޅޭނީ މިގައުމުގެ ނިކަމެތިން ބަނޑަށްޖައްސާ މިގައުމުގެ ނިކަމެތިން ނަށް ގެއްލުމަށްއުޅޭ އަދި، އަމިއްލަފައިދާއަށްއުޅޭ މީހުންނޭ.! އާދެ، މިހެންގޮސް މައުމޫނުގެ ނުބައިކަމާއިނުލަފާ ކަމުގެ ވާހަކަ އެއްހާސްސޮފްހާވެސް ލިޔެވެދާނެއެވެ. އަދި، ހަމަ، އެހެންމެ، ޤާސިމުގެފަރާތުން ނިކަމެތިންނަށް ހަމައެކަނި މިހާރުކޮށްދެއްވާފައިވާ ކަންތައްތަކަށްބަލާލިޔަސް ދިހަހާސްސޮފުހާވެސް ލިޔެވިދާނެއެވެ. މިއީ، ހަމަ، ހަޤީގަތެވެ.
ދަންނަވަންތޯއެވެ. ދިވެހިންގެތެރޭގައި ކަންތައްތައްއޮޅުވާލަނީކީ މިއޮތްއަނިޔާވެރި ސަރުކާރާ އިދިކޮޅު ޕާރޓީތަކަ ކުންނޭނެވެ. ރައްޔިތުންނަށް ކަންތައްތައް އޮޅުވާލަނީ އަދިވެސް މިގައުމުގެވެރިކަމުގެ ދަހިވެތިކަމުގައިތެޅޭ ، މައު މޫނުއާއި، މައުމޫނުގެ އައުވާނުންނެވެ. އާދެ! އަދިވެސް ދިވެހިރައްޔިތުންގެ ލެއިބުޔުމުގެ މަތިވެރި މަޤުސަދު ގައެވެ. މައުމޫނު 30 އަހަރުދުވަހު ވެރިކަން ކުރިއިރުވެސް ހިތްފުރޭވަރެއް ނުވިއެވެ. މީހާމިހާރު މުސްކުޅިކަމުން އުޅެވެނީކީނޫނެވެ. މައުމޫނަށް މިފަހަރު ވެރިކަންލިބިއްޖެނަމަ ބަޔަކު ބަނޑައްޖައްސާ މަރާނެއެވެ. ނުވަތަ، ބަޔަކަށް އަނިޔާފަށެއްދޭނެއެވެ.
ވަރަށް ރަނގަޅުވާހަކައެކެވެ. ޤާސިމުއިބުރާހީމަކީ މައުމޫނުއާއިއެއްވަރަށް ދޫހެލޭމީހެއްނޫނެވެ. މިއީ، މައުމޫނުއާއި، އޭނާގެ ގޮތެއްފޮތެއްނެތް މީހުންދެކޭގޮތެވެ! އެކަމަކު ދާދިމިދާކަށް ދުވަހު އެއްސްޓޭޖަކަށްއަރާ ވާހަކަދެއްކިއިރު މައުމޫނަށް ޖެހުނީ ޤާސިމު ފަކީރައްވުރެވެސް ބޮޑަށް އަނގަ ހުނި ހަކުރުފަތަފޮޅިއެއްހެން ހަދައިގެން އިންނާށެވެ. އަދި، ޑޮކްޓަރ ހަސަންސަޢީދުމެން ވާހަކަދައްކާލިއިރު ތިޔަމޮޅުކަމަށްބުނާ މައުމޫނަށްޖެހުނީ ދެމިޔަކަނުން ސޮނިވެއްޓިފާ އިންނާށެވެ. ދަންނަވަންތޯއެވެ، މައުމޫނަކީ ބަޔަކުމީހުން މާމޮޅުމީހަކަށް ހަދައިގެންއުޅޭމީހަކައްވިޔަސް މިހާރު މައުމޫނަކީ މޮޅުމީހެއްނޫނެވެ. ތަޢުލީމީމީހެއްނޫނެވެ. މައުމޫނަކީ މިހާރު ރަށްރަށުގެ ކަތީބުންނައްވުރެވެސް ފެންވަރުދަށް މީހެކެވެ. އަދި، މައުމޫނަކީ، އެންމެކުޑަމިނުން މާސްޓަރޑިގްރީއެއްވެސް އޮތްމީހެއްނޫނެވެ. އޭގެބަދަލުގައި އިބުރާއާއި، އަންނިއަތުގައިވެސް މާސްޓަރޑިގްރީއެބޯތެވެ. އެބޭފުޅުންނައްވުރެވެސް މައުމޫނުގެ ތަޢުލީމީ ފެންވަރު މިހާރު ދަށެވެ. އަދި، މައުމޫނަށްވުރެމޮޅަށް ކިޔަވައިގެންތިބި މީހުން މިގައުމުގައި މިހާރު ހާހުން ގުނާލެވޭނެކަންވެސް ޔަޤީނެވެ. ހަގީގަތުގައި މިހާރު ވެރިކަމަށްކުރިމަތިލާފައިވާ ބޭފުޅުންގެތެރޭގައި އެންމެ ފެންވަރު ދަށް މީހަކީވެސް މައުމޫނެވެ.
ޢުމުރުން 70 އަހަރުން މައްޗަށް ދިޔައިމަކާ އެއްވެސްމީހެއްގެ ބުއްދިއެއްފުރިހަމައެއްނުވާނެއެވެ. އެހެންކަމުން މިހާރު މައުމޫނުގެ ސިކުނޑި ހަމައެއް ނުވާނެކަން ކަށަވަރެވެ. އަދި، މައުމޫނަކީ ފުދޭވަރެއްގެ ވަރުގަދަ ސްޓްރޯކެއް ޖެހިފައިވާ މީހެކެވެ. އަދި، ހަކުރުބަލީގެމީހެކެވެ. ހިތުގެބަލީގެ ސަބަބުން ބްލަޑްޕްރެޝަރ ކޮންޓްރޯލުކުރަން މިޖެހެނީވެސް ބޭސްބޭނުން ކޮށްގެންނެވެ. މައުމޫނަކީ ދާއިމީކޮށް ބޭސްބޭނުންކުރަންޖެހިފައިވާ ބަލިމީހެކެވެ. ވީހިނދު، ފުރިހަމަ ޞިއްހަތެއްގައިނެތްމީހަކަށް ކުރެވޭނީ ކޮންވެރިކަމެއްހެއްޔެވެ. ޖާހިލުންނަކީ އެއްވެސްކަމެއްގައި ގޮތްދޫކުރާބައެއްނޫނެވެ. މައުމޫނަކީ....ލެކެވެ.
ޤާސިމްއިބުރާހީމައްވެސް އެއްވެސް ހައްޤަކާނުލާދީފަހުރި އަނިޔާނިކަން ދެކިބަލާ! އަދި، ޅިޔަނު އިލިޔާސް އިބުރާހީމު ފައިސާގަނޑުހިފައިގެން ގައުމުންފުރައިގެން ހިގައްޖެއޭކިޔައިގެން ޓީވީއާއި، ރޭޑިޔޯއަށް އަރައިގެންވެސް ހަޅޭލެވީ ވެރިކަމަށް ދަހިވެތިވެތިވެފައިވާ ބަހާޢަމަލާދިމާނުވާ މައުމޫނެވެ. ދެން، މީހުން، ހެއްދެވިނެހެއްދެވިއައް އެއްޗެހިގޮވީމާ މިގޯސްވަނީ ހަޤީގަތްހާމަކުރާ މީހުންނެވެ. އަހަރެން ހިތަށް އަރައެވެ. 30 އަހަރު ދުވަހުގެތެރޭގައި މިބޭ ކިތަންމީހުންނަށް އަނިޔާދީ، އަދި، އެއަނިޔާތަކުގެ ސަބަބުން ކިތައްމީހުން މަރުވެފައިވާނެބާވައެވެ.
ދަންނަވަންތޯއެވެ. ޤާސިމްއިބުރާހީމަށް މިޤައުމުގެ ވެރިކަންލިބިއްޖެނަމަ އަޅުގަނޑުމެން ޓީޗަރުންނަށާއި، ނަރުހުންނަށާއި، ޑޮކްޓަރުންނަށާއި، ޞިއްޙީޚިދުމަތް ތެރިން ނަށާއި، އަދި، އެހެންއެންމެންނައްވެސް ވަރަށްބޮޑަށް ފައިދާކުރާނެއެވެ. އަދި، އަޅުގަނޑުމެން ރައްޔިތުންގެ ފަރާތުން ޤާސިމް އެބޭނުންވެ ލައްވާކަންތައް ނުވެއްޖެނަމަ، އަޅުގަނޑުމެންގެތެރެއިން ވަރަށްގިނަބަޔަކަށް ގެއްލުން ތަކަކާއި ކުރިމަތިވާނެއެވެ. އެހެންކަމުން ރައްޔިތުންދެކެ، އަދި، ހާއްސަކޮށް މިރާއްޖޭގައި ހާލުގައިއުޅެންޖެހިފައިވާ ދެރަ ނިކަމެތިންނަށް ކުޑަކޮށްވެސް ހެވެއްއެދޭނަމަ އަޅުގަނޑުމެން ކޮންމެހެންވެސް ޤާސިމް އެބަހޮވަންޖެހެއެވެ. އެހެން ކަމުން ޤާސިމުއަށް ވޯޓްދެއްވުމަށް އަޅުގަނޑު އިހުލާސްތެރިކަމާއެކު ހުރިހާފަރާތަކައްވެސް ދަންނަވަމެވެ. އަދި، އަހަރެމެން ތަޢުލީމީ ދާއިރާގަމަސައްކަތް ކުރައްވާ ބޭފުޅުންނާއި، ޞިއްޙީޚިދުމަތްތެރިންނާއި، ޢާއިލާތަކުން ފުރިހަމައެހީތެރިކަމާއި، އެއްބާރުލުން ޤާސިމް އިބުރާހީ މަށް ދެއްވަން ވާނެއެވެ. އަދި، ކޮންމެދިވެހި ރައްޔިތަކުވެސް ޤާސިމްއަށް ވޯޓްދެއްވުމަށް އަޅުގަނޑު ގޮވާލަމެވެ.
އެހެނީ، ޤާސިމްއިބުރާހީމަކީ ބަލިމީހުންނަށް އެހީތެރިވާ ބޭފުޅެކެވެ. ފަޤީރުންގެ އުދާސްތައް ހިއްސާކުރާ ބޭފުޅެކެވެ. އަޅުގަނޑުމެންގެ ދަރިންނަށާއި ، ވަރަށްގިނަބަޔަކަށް ކިވައިދެއްވުމަށް ބޮޑެތިޚަރަދުތައް ކުރައްވާ ބޭފުޅެކެވެ. އަދި، އެތައް ބަޔަކަށް އަމިއްލަވަޒީފާ ތަކާއެކު ބޮޑުމުސާރަތައް ދެމުންގެންދާ އިހުސާންތެރި ބޭފުޅެކެވެ. އެހެންކަމުން ޤައުމުމިއޮތްހާލަތަށް ވިސްނަވާފައި ކޮންމެބޭފުޅަކުވެސް (ހަމައެކަނި މިގައުމުގެ ފަގީރުންނަޓަކާނަމަވެސް) ޤާސިމުގެ މިއެދިލައްވާ ކަންތައް ކޮށްދިނުމަކީ މިފުރުސަތުގައި ވަރަށްވެސް ބޭނުންތެރިކަމެއްކަމުގައި ހިތުގެ އިހުލާސްތެރިކަމާއެކު ދަންނަވަމެވެ.
Send articles to siyaasee@finiashi.com
.
ޓީވީއެމް އިން އިންތިޒާމުކޮށްގެ 4 ސެޕްޓެމްބަރ 2008 ގައި ބޭއްވި ރިޔާސީ ސުވާލާ ޖަވާބު ސެޝަންގެ ކުރި ސުވާލުތަކަށް އެންމެ އެކަށީގެންވާ ޖަވާބެއްދެއްވީ މިވެނިމީހެކޭ ދެންނެވެން ދައްޗެވެ. ނަމަވެސް އެނގޭ އެކެއްޗަކީ ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެނޑިޑޭޓް ގާސިމް އިބްރާހީމް ދެއްކެވި ވާހަކަ އަޑުއައްސަވަން ތިއްބެވި ބޭފުޅުންނަށް ނޭންގުނުހިނދު އެމަނިކުފާނުއަށްވެސް ކިޔުނީ ކީކޭކަމެއް ނޭންގޭނެކަން ކަށަވަރެވެ. މަޢުނޫމުއަށް ބައްލަވާއިރު މަޢުމޫނު ދެއްކެވި ވާހަކަ ފުޅުތައް ބޮޑަށް ބިނާވެފައިވަނީ ވޭތިވެ ދިޔަ 30 އަހަރު އެމަނިކުފާނު ކޮށްދެއްވި ވާހަކަތަކުގެ މައްޗަށެވެ. އަންނި ފުރަތަމަވެސް ފެށިގޮތްކަމަކުނުދެއެވެ. އެމަނިކުފާނު ފުރަތަމަވެސް ވިދާޅުވީ ރާދަމަހަށް މަރުހަބާއެވެ. ނަމަވެސް އެހެން ކެނޑިޑޭޓުން ވިދާޅުވީ ރަމްޞާންމަހުގެ ތަހުނިޔާ ދިވެހި ރައްޔިތުންނަށް އަރިސްކުރަމެވެ. ދެން އަންނި ދެއްކެވި ވާހަކަތައް ބޮޑަށް ބިނާވެފައިވަނީ އާދިވެހިރާއްޖޭގެ ވާހަކައެވެ. ނަމަވެސް އެ ދިވެހިރާއްޖޭގައި ކަންތައް ކުރައްވާނެގޮތް މާތަފްޞީލުކޮށް ކިޔައެއް ނުދެވުނެވެ. އިބްރާގެ ވާހަކަތަކުގައި ބޮޑަށް އަމާޒުވެފައި ހުރީ ގާނޫނު ތަންފީޒުކުރުމުގެ މައްޗަށެވެ. ޑރ ހަސަނުގެ ވާހަކަތައް ބޮޑަށް ހުރީ މަޢުމޫނުއަށް ދިމާކުރުމުގެ މައްޗަށެވެ. އައިޑީޕީގެ ކެޑިޑޭޓުގެ ވާހަކަތަކުގައި ވަރަށް އޮއްޓަރު ހުރެފައި މީހުން ޤަބޫލުކުރެވޭ ގޮތައް ވާހަކަތައް ބިނާވެފައިހުރިކަން ފާހަގަ ކުރެވެއެވެ. ނަމަވެސް އަދިވެސް އަޅުގަނޑު ވޯޓުލެ ފަރާތެއް ކަނޑައަޅަން ދައްޗެވެ. އަޅުގަނޑު އަދި ނިންމާފައި އޮތްގޮތަކީ ވޯޓް ކަރުދާހުގެ ތިރީގައި އަމިއްލަނަން ލިޔެފައި ފާހަގަ ޖަހާގޮތަށެވެ
send artilces to siyaasee@finiashi.com
ޑީއަރުޕީގެ ޒައީމު މަޢުމޫނު ޢަބުދުލްޤައްޔޫމުއަށް ތާއިދުކުރައްވަނީނީ ތިރީގައި މިދަންނަވާ މައިގަޑު 3 ކަމެއްގެ ސަބަބުންނެވެ.
އެމަނިކުފާނު ވެރިކަމާއި ހަވާލުވެލެއްވި އިރު މުޅި ރާއްޖޭގައި ހުރީ ސަރުކާރުގެ ހަރަދުގައި ކިޔަވާދެއްވާ 4 ސުކޫލް މީގެތެރެއިން 3 ސްކޫލު ހުންނަނީ މާލޭގައި އަދި ދެންހުރި ބާކީ ސްކޫލް ހުރީ ބ.އަތޮޅު އޭދަފުށީގައިއެވެ. ނަމަވެސް މިހާރު މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ސްކޫލެއް ހުރޭ (މުޅި ޖުމްލަ 200 ސްކޫލް) އަދި މަދުވެގެން ކޮންމެ އަތޮޅެއްގައި ޖީސީއީ އޯލެވެލް އާއި އޭލެވެލް ހެދެން ހުރޭ.
އެމަނިކުފާނު ވެރިކަމާއި ހަވާލުވީއިރު ރާއްޖޭގައި ޞިއްޙީ ޚިދުމަތް ލިބެންހުރީ މާލޭގައި އެކަނިއެވެ. ނަމަވެސް މިހާރު ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައިވެސް ޞިއްޙީ ޚިދުމަތް ލިބެން އެބަހުއްޓެވެ. އަދި ކޮންމެ އަތޮޅެއްގައި ހޮސްޕިޓަލުގެ ޚިދުމަތް ލިބެން އެބަހުއްޓެވެ.
އެމަނިކުފާނު މިރާއްޖޭގެ ވެރިކަމާއި ހަވާލުވެލެއްވިއިރު ރާއްޖޭގައި ހުރީ 21 ދުވަހަށް ވާވަރުގެ ކާޑެވެ. ނަމަވެސް މިހާރު ރާއްޖޭގައި ހުންނާނެ ކާއެއްޗެއް ނުލިބި ނިދާނެ އެއްވެސް ކުއްޖެއް . މިގޮތައްގޮސް އެތައް ސަބަބުތަކެއް އެބަހުއްޓެވެ. މިދެންނެވީ މައިގަނޑު 3 ސަބަބުއެވެ
Send article to siyaasee@finiashi.com
