Links News Contact Us About us Privacy Terms FAQ Add feedback Invite a friend Bookmark
Home Games Youtubes Members Blogs Photos Videos Music
Groups Classifieds Events Polls Forums Articles Boards chat
Fissey's blog / Whats the Procedure in Govement Offices ? - Posts

އަލަށް އައިޑީކާޑު ހެދުން

18 އަހަރުން މަތީގެ މީހެއްނަމަ ހުށަހަޅަންޖެހޭ ލިޔުންތައް

ފުރާފައިވާ އައިޑީ ކާޑަށް އެދޭފޯމް

ކާޑު ހައްދާ މީހާއާ ބެހޭ މަޢުލޫމާތު ރަނގަޅަށް ދަންނަ، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހައްދާފައިވާ ދެމީހެއް ހެކިންގެ ގޮތުގައި

18 އަހަރު ފުރިފައިވީނަމަވެސް ކިޔެވުމަށް މަދަރުސާއެއްގައިރަޖިސްޓްރީ ކޮށްފައިވާނަމަ ދެހެކިންގެ ބަދަލުގައި އައިޑީ ކާޑުއޮތް ބެލެނިވެރިއަކު ފުދޭނެއެވެ

.ޕާސްޕޯރޓް ނުވަތައެމަޖެންސީ ސެޓްފިކެޓް ހައްދާފައިވާނަމަ އެތަކެތީގެ އަޞްލު.

މާލޭގެ ރަށްވެއްސެއްނަމަ ރަށްވެހިންގެ ރަޖިސްޓްރީގެ އަޞްލާއި އުފަންދުވަހުގެ ސެޓްފިކެޓްގެ އަޞްލު.

މާލެ ފިޔަވާ އެހެން ރަށެއްގައި ރަޖިސްޓްރީވެފައިވާނަމަ އުފަންދުވަހުގެ ސެޓްފިކެޓްގެ އަޞްލު.

މާލެ މުނިސިޕަލްޓީގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާނަމަ ދަފްތަރުގެ ސެޓްފިކެޓްގެ އަޞްލާއިއުފަންދުވަހުގެ ސެޓްފިކެޓްގެ އަޞްލު.

ކާޑުގެ އަގު - /30 ރުފިޔާ

18 އަހަރުން ދަށުގެ ކުއްޖެއްނަމަ ހުށަހަޅަންޖެހޭ ލިޔުންތައް

ފުރާފައިވާ އައިޑީ ކާޑަށް އެދޭފޯމްޕާސްޕޯރޓް ނުވަތަ އެމަޖެންސީ ސެޓްފިކެޓް ހައްދާފައިވާނަމަ އެތަކެތީގެ އަޞްލު.

މާލޭގެ ރަށްވެއްސެއްނަމަ ރަށްވެހިންގެ ރަޖިސްޓްރީގެ އަޞްލާއި އުފަންދުވަހުގެ ސެޓްފިކެޓްގެ އަޞްލު.

މާލެފިޔަވާ އެހެން ރަށެއްގައި ރަޖިސްޓްރީވެފައިވާނަމަ އުފަންދުވަހުގެ ސެޓްފިކެޓްގެ އަޞްލު.

މާލެ މުނިސިޕަލްޓީގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާނަމަ ދަފްތަރުގެ ސެޓްފިކެޓްގެ އަޞްލާއިއުފަންދުވަހުގެ ސެޓްފިކެޓްގެ އަޞްލު.

10އަހަރު ނުފުރޭ ކުޑަކުއްޖެއްނަމަ ވަގުތީ އައިޑީ ކާޑެއްހަދައިދެވޭނެއެވެ.

ކުއްޖާ މިޑިޕާރޓްމަންޓަށް ނުގެނެވޭނަމަ ކުއްޖާގެ ޕާސްޕޯރޓް ސައިޒްގެހުދު ބެކްގްރައުންޑެއްގައި ނަގާފައިވާ ފޮޓޯގަނޑެއް (ފޮޓޯ އާއި ބެހޭ މަޢުލޫމާތު ރަށްރަށުގެ ކާޑު ހެދުމާ ބެހޭ ބައިގައި ވާނެއެވެ.)

ފުރާފައިވާ އައިޑީ ކާޑަށް އެދޭފޯމް10 އަހަރު ނުފުރޭ ކުދިންގެ ފޯމްގައި ސޮއި ކުރައްވާނީ ލެނިވެރިޔާއެވެ.

ޕާސްޕޯރޓް ނުވަތަ އެމަޖެންސީ ސެޓްފިކެޓް ހައްދާފައިވާނަމަ އެތަކެތީގެ އަޞްލު.

މާލޭގެ ރަށްވެއްސެއްނަމަ ރަށްވެހިންގެ ރަޖިސްޓްރީގެ އަޞްލާއި އުފަންދުވަހުގެ  ސެޓްފިކެޓްގެ އަޞްލު.

މާލެ ފިޔަވާ އެހެން ރަށެއްގައި ރަޖިސްޓްރީވެފައިވާނަމަ އުފަންދުވަހުގެ ސެޓްފިކެޓްގެ އަޞްލު.

މާލެ މުނިސިޕަލްޓީގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާނަމަ ދަފްތަރުގެ ސެޓްފިކެޓްގެ އަޞްލާއިއުފަންދުވަހުގެ

ސެޓްފިކެޓްގެ އަޞްލު.

ކާޑުގެ އަގު - /30 ރުފިޔާ

އައިޑީ ކާޑު އާކުރުން

މުއްދަތު ހަމަވެފައިވާނަމަ ހުށަހަޅުއްވަންޖެހޭ ތަކެތި

ފުރާފައިވާ އައިޑީ ކާޑަށް އެދޭފޯމް

މުއްދަތުހަމަވެފައިވާ އައިޑީ ކާޑު

ކާޑުގެ އަގު - /30 ރުފިޔާ

އައިޑީ ކާޑު ހަލާކުވެގެންނަމަ ހުށަހަޅުވަންޖެހޭ ތަކެތި

ކުރީގެ (ލެމިނޭޓް) ކާޑެއްނަމަ ފުރާފައިވާ އައިޑީ ކާޑަށް އެދޭފޯމް

ހަލާކުވެފައިވާ އައިޑީ ކާޑު

ފަހުގެ (ކޮމްޕިއުޓަރައިޒްޑް ކާޑެއް އަމިއްލަ އިހުމާލުން ހަލާކުވެއްޖެނަމަ  ކާޑުހަދައިދެވޭނީ ޢާއްމުކޮށް ކާޑުހަދާ އުޞޫލުންނެވެ.)

ކާޑުގެ އަގު - /50 ރުފިޔާ

ކާޑުގެ ހޮލޮގްރާމް ނެއްޓިގެންނަމަ އިތުރު އަގަކާނުލާ އަލުން ރީޕްރިންޓް ކޮށްދެވޭނެއެވެ.

އައިޑީ ކާޑު ގެއްލިގެންނަމަ ހުށަހަޅުއްވަންޖެހޭތަކެތި

ފުރާފައިވާ އައިޑީ ކާޑަށް އެދޭފޯމް

ފަހުގެ (ކޮމްޕިއުޓަރައިޒްޑް) މުއްދަތު ހަމަނުވާ ކާޑެއްނަމަ ޕޮލިސް ރިޕޯރޓް

ފުރަތަމަ ފަހަރަށް ގެއްލިގެން -/100 ރުފިޔާ

ދެވަނަފަހަރަށް ގެއްލިގެން -/150 ރުފިޔާ

 ތިންވަނަ ފަހަރުން ފެށިގެން ކޮންމެ ފަހަރަކު -/200 ރުފިޔާ

ކުރީގެ (ލެމިނޭޓް) ކާޑެއްނަމަ ޕޮލިސް ރިޕޯރޓް ހުށަހަޅާކަށް ނުޖެހޭނެއެވެ.

ކާޑުގެ އަގު - / 30 ރުފިޔާ

ކާޑުގެ މަޢުލޫމާތު ބަދަލުވެގެންނަމަ ހުށަހަޅުއްވަންޖެހޭތަކެތި

ފުރާފައިވާ އައިޑީ ކާޑަށް އެދޭފޯމް

ބަދަލުވި މަޢުލޫމާތެއްގެ ރަސްމީ ލިޔުމުގެ އަޞްލު

ކާޑުގެ އަގު - /30 ރުފިޔާ

މުއްދަތު ހަމަވުމުގެ ކުރިން ސޮއި ނުވަތަ ފޮޓޯ ބަދަލުކުރައްވަންބޭނުންފުޅުވާނަމަ ހުށަހަޅުއްވަންޖެހޭ ތަކެތި

ފުރާފައިވާ އައިޑީ ކާޑަށް އެދޭފޯމް

ކާޑުގެ އަގު - /50 ރުފިޔާ

ބަލިޙާލު ހުރިގޮތުން ނުވަތަ އެނޫންވެސް ސަބަބަކާހުރެ ކާޑު ހެއްދެވުމަށްމިޑިޕާރޓްމަންޓަށް ޙާޟިރުވާން ޢުޛުރުވެރިވާނަމަ، ކާޑު ހެއްދެވުމަށްޢަމަލު ކުރަންވީ ގޮތުގެ އިތުރު މަޢުލޫމާތު މިޑިޕާރޓްމަންޓްގެ ކައުންޓަރުންލިބޭނެއެވެ.

ހުށަހަޅާ ފޮޓޯއަކީ ނެގިފަހުން އެއްމަސްނުވާ ފޮޓޯއެއް ކަމުގައިވުން.

ހުދު ބެކްގްރައުންޑެއްގައި ނަގާފައިވާ ޕާސްޕޯރޓް ސައިޒްގެފޮޓޯއެއްކަމުގައިވުން.

އިގިލީގެ ނިޝާން ނަގާނީ ކަނައަތުބޮޑުވައި އިގިލިންނެވެ. ބަނޑުފުށް ރީތިކޮށްއެގޭގޮތަށެވެ. އަދި ނިޝާން ނަގަންވާނީ ކުލަމަޑު ދެލިޕޭޑަރަކުންނެވެ. ( ކޮންމެވެސް ސަބަބަކާހެދި ކަނާތުގެ ބޮޑުވައި އިނގިލީގެ ނިޝާން ނެގެންނެތްނަމަ ދެންނަގާނީ ވާތުގެ ބޮޑުވައި އިނގިލީގެ ނިޝާން އަދި މިކަން ފޯމުގައި ލިޔަންވަނެއެވެ.)

 ސޮއި ކުރައްވަންވާނީ ކަޅުކުލައިގެ ނުފޭދޭ ގަލަމަކުންނެވެ.

ފޭދިފައިވާ އިގިލީގެ ނިޝާނާއި ސޮއި ޤަބޫލެއް ނުކުރެވޭނެއެވެ.

އެކިއެކި ޚާއްސަ ސަބަބު ތަކަށް ދޫކުރާ ލިޔުން

އެކިއެކި ޚާއްސަ ސަބަބު ތަކަށް ދޫކުރާ ލިޔުމަކީ ކުއްލިޙާލަތެއްގައަ އައިޑީ ކާޑު ނުލިބިއްޖެ ހިދެއްގައި މިޑިޕާޓްމަންޓުން އެކަމަކާގުޅޭ އިދާރާއަކަށް ނުވަތަ އެމީހަކަށް ދޫކުރެވޭ އަޑީ ކާޑުގެ މަޢުލޫމަތު ހިމެނޭ ލިޔުމެކެވެ.މިލިޔުން ދޫކުރުމަށް ބޭނުންވާ މަޢުލޫމާތު މިޑިޕާޓްމަންޓުގައި ނެތް ނަމަ، މިކަމަށް ބޭނުންވާ ލިޔެކިޔުންތައް ހުށަހަޅަންވާނެއެވެ. މިކަމާބެހޭ އިތުރު މަޢުލޫމާތު އައިޑީ ކާޑު ސެކްޝަނާ ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ 

ރަށްރަށުގެ ރަށްވެހިންގެ ގޭގެ ރަޖިސްޓްރީ ބެލެހެއްޓުން

 ރަށްރަށުގެ ރަށްވެހިންގެ ގޭގެ ރަޖިސްޓްރީ ތާޒާކޮށް ދުވަހުން ދުވަހަށް ގެނަންޖެހޭ އުނިއިތުރުތައް ގެނެސް އިސްލާޙު ގެނައުމަކީ މިޑިޕާޓްމަންޓް އާއި ރަށުއޮފީސްތައް ގުޅިގެން ކުރެވެމުންދާ މަސައްކަތެކެވެ.މާލޭގެ ރަށްވެހިންގެ ގޭގެ ރަޖިސްޓްރީތައް ބެލެހެއްޓުމަކީ މާލޭ މުނިސިޕަލްޓީއިން ކުރައްވޭ މަސައްކަތެކެވެ. 

އުފަންދުވަހުގެ ސެޓްފިކެޓްގައި ޖެހުމަށް އައިޑީ ކާޑު ނަންބަރު ދޫކުރުން

އުފަންދުވަހުގެ ސެޓްފިކެޓް ހެއްދުމަށް ހުށަހަޅާ އަލަށް ވިހާކުދިންނާއި  10 އަހަރު ނުފުރޭ ކުދިންނަށް އައިޑީ ކާޑު ނަންބަރު ދޫކުރެވެއެވެ.މާލޭގައި ނަމަ މިކަންކުރެވެނީ މާލޭ މުނިސިޕަލްޓީ އަށް ހުށްހެޅުމުން މިޑިޕާޓްމަންޓާއި މާލޭ މުނިސިޕަލްޓީ އާއި ދެމެދު ގާއިމް ކުރެވިފައިވާ ލިންކު މެދުވެރިކޮށެވެ މާލޭ މުނިސިޕަލްޓީއިންނެވެ.އަތޮޅު ތަކުގައި އުފަންދުވަހުގެ ސެޓްފިކެޓް ހެއްދުމަށް ރަށުއޮފީސްތަކަށް ހުށަހެޅުމުން، އެކަން ރަށުއޮފީސްތަކުން މިޑިޕާޓްމަންޓަށް ހުށްހެޅުމުން އައިޑީ ކާޑު ނަންބަރެއް ދޫކުރެވެއެވެ. 

 

TagsTags:  
Description
Fissey
Posts: 2
Comments: 1
Welcome to FISSEY'S blog
Tags
Powered by:
BoonEx - Community Software; Dating And Social Networking Scripts; Video Chat And More.
Copyright © 2008 Finiashi.com.