Links News Contact Us About us Privacy Terms FAQ Add feedback Invite a friend Bookmark
Home Games Youtubes Members Blogs Photos Videos Music
Groups Classifieds Events Polls Forums Articles Boards chat
siyaasee's blog / politics / މިއަހަރު ގެ އިންތިޚާބު ކާމިޔާބު ކުރާނީ ކާކު؟
މިއަހަރު ގެ އިންތިޚާބު ކާމިޔާބު ކުރާނީ ކާކު؟
1 January, 19701 January, 1970 Add comment2 comments politics politics

މިދުވަސްކޮޅު ކޮންމެ ދިވެހި ރައްޔިތެއްގެ ހިތުގައިވެސް އުފެދޭނެ އެންމެ ބޮޑު ސުވާލަކީ، މިއަހަރުގެ އިންތިޚާބު ކާމިޔާބުކުރައްވައި، ދިވެހި ގައުމު މިއޮތްޙާލަތުން މިއަށްވުރެ ރަގަޅު ހާލަތަކަށް ބަދަލުކޮށްދެއްވޭނީ ކޮންބޭފުޅަކަށްހޭ؟ މިއީ މިވަގުތަށް ޖަވާބޭދޭން ފަސޭހަ ސުވާލެއްކަމުގައި ނުވިއަސް ތިމާއާއި ދަރިންގެ މުސްތަގްބަލާމެދު، ދިވެހި ރައްޔިތުންނާމެދު، ދިވެހި ގައުމާމެދު ވިސްނާ ފިކުރުކުރާ ކޮންމެ މީހަކުވެސް ޖަވާބު ބޭނުންވާނެ ސުވާލެވެ. މިސުވާލުގެ ފުރިހަމަ ޖަވާބެއްލިބޭނީ އިންތިޚާބު ނިމުމުންކަމާމެދަކު ޝައްވެސް ނެތެވެ

 

 އިންތިޚާބަށް މިހާހިސާބަށް ކުރިމަތިލައްވާފައިވާ ފަރާތްތަކަށް ބަލާލާއިރު، ވަކި ކަޑައެޅިގެން އިންތިޚާބު ކާމިޔާބުކުރައްވާނީ ކޮންބޭފުޅެއްކަން އެގޭހައި ސިޔާސީ މަސްރަޙު ސާފެއްނޫނެވެ. އޭގެއިތުރުން، މިއީ ރާއްޖޭގައި މިފަދަ، ގިނަބަޔަކު ވާދަކުރާ ފުރަތަމަ އިންތިޚާބަށް ވުމާއެކު، ދުނިޔޭގެ ގިނަގައުމުތަކުގައި ނަގާފަދަ ޚިޔާލުހޯދުމުގެ ސާވޭތަކާ ދިރާސާތައް ކުރާފަރާތްތައް މަދުވުމާއި، އާންމު ރައްޔިތުންގެ ހޭލުންތެރިކަން އެހެން ގައުމުތަކާއި އެއްފެންވަރަށް ނެތުމުމުގެ ސަބަބުން ކުރިއާލާ މިވެނި ބޭފުޅަކު ކާމިޔާބުކުރާނެޔޭ ބުނަންދަތިވާނެއެވެ. މިހާރުވެސް ބަޔެއްކަހަލަ ސާވޭތައް، އެކި ޕާޓީތަކުންނާއި، އަމިއްލަ ފަރާތްތަކުންވަނީ ކޮށްފައެވެ. ނަމަވެސް ސިޔާސީ މަސްރަޙު ދުވަހުން ދުވަހަށް ބަދަލުވުމާގުޅިގެން އެސާވޭތަކުގެ ނަތީޖާއަށް ބުރަވުމަކީ ރަގަޅު ނިންމުމަކަށް ނުވާނެއެވެ

 

 މިގޮތުން އެންމެ ފާހަގަކޮށްލެވޭ އެއް ސާވޭއަކީ ދާދިފަހުން އަމިއްލަ ރޭޑިއޯ ސަޓޭޝަނެއްކަމަށްވާ ދިއެފްއެމް އިން އިންތިޒާމުކޮށްގެން ނެގި އެސްއެމްއެސްގެ ސާވޭއެވެ. ދިއެފްއެމްއިން ކޮންމެ ހުކުރުދުވަހެއްގެ ރޭ ގެނެސްދޭ ރިޔާސީރޭސް ޕްރޮގްރާމުގައި މިހާތަނަށް ދެސާވޭއެއް ގެނެސްދީފިއެވެ. ފުރަތަމަ ސާވޭގައި ވަރަށް ބޮޑުތަފާތަކުން ޑޮކްޓަރ ޙަސަން ސަޢީދު ކުރިހޯއްދެވިއެވެ. އެއީ ގާތްގަޑަކަށް %80 އެވެ. ނަމަވެސް އެރޭގެ އެސްއެމްއެސް ޕޮލްގެ ނަތީޖާގައި ޓެކްނިކަލް މައްސަލަތަކެއް ހުރިކަމަށް ފާހަގަކުރެވިގެން އެ ޕޮލްގެ ނަތީޖާވަނީ ޞައްޙަނޫން އެއްޗެކަށްހަދާ ބާތިލްކޮށްފައެވެ

 

 ދެވަނަ ޕޮލްގެ ނަތީޖާއިން ޚައިރާންކުރަނިވި ނަތީޖާއެއް ހޯއްދެވީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓެވެ. އެއީ ގާތްގަޑަކަށް %40 އެވެ. ކުރީގެ ޕޮލްއާއި ޚިލާފަށް ފަހުގެ ޕޮލްގެ ނަތީޖާ ދެއްކިގޮތުން ދެވަނަ މައުމޫން ޢަބްދުލްޤައްޔޫމާއި ތިންވަނަ ޑޮކްޓަރ ޙަސަން ސަޢީދާ ދެމެދު ވަނީ ވަރަށް ކުޑަތަފާތެކެވެ. 21 އެސްއެމްއެސްގެ ތަފާތެކެވެ. ވިސްނާލަންޖެހޭ ކަމަކީ މިހެން ނަގާ އެސްއެމްއެސްގެ ޕޮލްގެ ނަތީޖާއަކުން ޙަޤީޤީ ސަޕޯޓެއް ނުވަތަ މަގުބޫލުކަމެއް އެގިގެން ނުދާނެކަމެވެ. ނަމަވެސް މީގެސަބަބުން ނޭދެވޭ އަސަރުތަކެއް ސަޕޯޓަރުންނަށް ކުރާނެކަން ޔަގީނެވެ. މިފަދަ ގޮތްގޮތަށް ނަގާ އެސްއެމްއެސްގެ ޕޮލްތަކުގައި ދިމާވާނެ މައްސަލަތުގެ ތެރޭގައި އެންމެ ބޮޑަށް ފާހަގަކޮށްލެވޭ ކަމަކީ އެސްއެމްއެސް ފޮނުވާ ފަރާތްތަކުގެ ޢުމުރު ބެލޭނެ މެކޭނިޒަމެއް އިންތިޒާމުކޮށްފައިނެތުން. ރާއްޖޭގައި މޯބައިލް ފޯނުގެންގުޅޭ މީހުންގެ ޢުމުރަށްބަލާއި 18 އަހަރު ނުފުރޭ ޒުވާނުންގެ ހިއްސާ ވަރަށް ބޮޑުވާނެކަމަށް ލަފާކުރެވެއެވެ. މިދެންނެވި ޢުމުރުގެ ގިނަކުދިންނަކީ އަންނި އެކުދިންގެ ހީރޯއަކަށް ބަލާބޭފުޅެކެވެ. މިއާއި ޚިލާފަށް ޑޮކްޓަރ ޙަސަން ސަޢީދަށް، އެސްއެމްއެސް ކުރާނެކަމަށް ލަފާކުރެވެނީ ސީރިއަސްކޮށް ވިސްނާ ޢުމުރުން މިދެންނެވި އުމުރުގެ މަތީގެ މީހުންނެވެ. މިފަދަ ސަބަބުތަކަކަށްޓަކައި މިގޮތަށް ނަގާ އެސްއެމްއެސްގެ ޕޮލްއަކުން އަސްލު ޙަޤީޤަތް ނޭގުން ވަރަށްގާތެވެ

 

 ގައުމެއްގެ ރައީސަކަށް ބަހައްޓަން ބޭނުންވާ މީހެއްގައި ހުންނަންޖެހޭ ސިފަތަކެއް ހުރެއެވެ. މިގޮތުން ދިވެހިންވެސް މިއަހަރު މިބާއްވާ އިންތިޚާބުގައި ގައުމުގެ ވެރިއަކަށް ހޮވާ މީހެއްގައި ހުންނަނީ ކޮންސިފަތަކެއްތޯ ބަލަންޖެހޭނެއެވެ. މިހާތަނަށް އިންތިޚާބަށް ކުރިމަތިލައްވާފައިވާ ބޭފުޅުންގެތެރެއިން އެންމެ މަގުބޫލުކަމަށް ބެލެވޭ 4 ބޭފުޅުންނާމެދު ޢާންމުން ދެކޭގޮތް ބަލާލުމަކީ ބޭނުންކަމެއްކަމަށް ފެނެއެވެ

 

 މައުމޫން ޢަބްދުލްޤައްޔޫމް: ކިޔަވައިގެން ހުރި މޮޅުބޭފުޅެއް ޚާއްޞަކޮށް ދީން އެގިވަޑައިގަންނަވާ ބޭފުޅެއް، 30 އަހަރު ވެރިކަން ކުރެއްވިއިރު ރައްޔިތުން ހިތްހަމަޖެހޭ މާގިނަ ކަންތައްތަކެއް ކޮށްދެވިފައެއްނެތްއިރު އިޖްތިމާޢީގޮތުންނާއި އިގްތިޞާދީގޮތުން ގައުމު ސީރިއަސް ޙާލަތަކަށް ގެންދެވުން. އާއިލީމީހުންނާއި ގާތްރައްޓެހިންނަށް ސަރުކާރުގެ ބޮޑެތި މަގާމުތައް ދިނުން. އިސްރާފު ބޮޑުބޭފުޅަކަށްވުން. ވައުދު ނުފުއްދާ ކަމަށް މަޝްހޫރުވުން

 

 މުޙަންމަދު ނަޝީދު (އަންނި): ކިޔަވައިގެން ހުރި ކެރޭ ޖެހިލުންކުޑަ ބޭފުޅެއް. ރާއްޖޭގައި މިއޮތް ވެރިކަން ބަދަލުކުރުމަށްޓަކައި އެންމެ ބުރަކޮށް މަސައްކަތްކުރައްވާ އެއްބޭފުޅަކަށްވުން. ޑިމޮކްރެސީގެ ނަމުގައި ބައިވަރު ކަންތައްތަކެއް ކުރެއްވުން. މުޒާހަރާކޮށްގެން ކަންތައްތައް ނިންމުމަށް މަސައްކަތްކުރާ ބޭފުޅެއްގެ ލަގަބުލިބުން. ލީޑަރަކަށްވުރެން ބޮޑަށް އެކްޓިވިސްޓަކާ އެއްވައްތަރުވުން. ސާބިތުކަން ކުޑަކަމަށް ދެކުން. ނުފެއްދޭ ޕްރޮމިސްތައްކުރުން

 

 ޑޮކްޓަރ ޙަސަން ސަޢީދު: ވަރަށް މޮޅަށް ގާނޫނީ ރޮގުން ކިޔަވައިގެން ހުރި، ވިސްނުންތެރި، އިޚްލާޞްތެރި، އެހެންމީހުންގެ އިޙްސާސްތައް ދެނެގަންނަ، ވަޒީރުކަމުގައި ހުންނެވިއިރު ވަރަށް ގިނަ އިސްލާހީ މަސައްކަތްތަކެއް ކޮށްދެއްވުން. ފަސްބައި ރީތިވުން، ތަސައްވުރެއް އޮވެގެން މަސައްކަތްކުރުން. އެންމެ ކުޑަދުވަސް ކޮޅެއްގެތެރޭގައި އާންމުން ބަލައިގެން ބޭފުޅެއް ކަމުގައިވުން. ބޮޑެތި ޗެލެންޖްތަކާއި ކުރިމަތިލައި ކާމިޔާބު ހޯދުން. ރައްޔިތުންގެ ލާބަޔަށް މަސައްކަތްކުރާކަމަށް ފާހަގަވުން. ރާއްޖޭގެ މިހާރުގެ ހާލަތަށް އެންމެ އެކަށީގެންވާ ބޭފުޅާކަމަށް ގިނަބަޔަކު ގަބޫލުކުރުން

 

 ޤާސިމް އިބްރާހީމް (ބުރުމާޤާސިމް): ތައްލީމީގޮތުން ފާހަގަކޮށްލެވޭ ކާމިޔާބެއްނެތްނަމަވެސް އިގްތިސާދީގޮތުން އެންމެ ފުންނާބުއުސް ބޭފުޅާ. ރާއްޖޭގައި ހުރި އެންމެ ބޮޑުމަހުޖަނު. މީހުންނަށް ސިއްޙީކަންތައްތަކަށާއި ތަޢުލީމަށް އެހީތެރިވުމުގައި ރާއްޖޭގައި ދެވަނައެއްނެތް ބޭފުޅެއްކަމުގައި ވުން. ގައުމުގެ ވަރިއަކަށް ކަމުނުދާކަމަށް ގިނަބަޔަކު ގަބޫލުކުރުން. ޚާއްޞަކޮށް ވިޔަފާރިވެރިން ވެރިކަމަށް ގެނައުމަށް ގިނަބަޔަކު ދެކޮޅުހަދަމުން ދިޔުން. ފައިސާއިން ހުރިހާކަމެއް ކުރުމުގެ އުސޫލުގެންގުޅޭކަމަށް ގިނަބަޔަކު ގަބޫލުކުރުން. އަޚްލާޤީގޮތުން މާމަގްބޫލު ބޭފުޅަކަށްނުވުން. އަމިއްލަ މަސްލަހަތު ކުރިއަށް ނެރޭ ބޭފުޅަކަށްވުން

 

 މަތީގައި ބަޔާންކުރެވުނު ކަންތައްތަކަށް ނަޒަރު ހިންގާލާއިރު މިއަހަރުގެ އިންތިޚާބު ކާމިޔާބުކުރާނެކަމަށް އެންމެ ބޮޑަށްބެލެވޭ ބޭފުޅަކީ ޑޮކްޓަރ ޙަސަން ސަޢީދެވެ. ދެވަނައަށް މުޙަންމަދު ނަޝީދުއަންނިއެވެ. އަދި ތިންވަނައަށް ލަފާކުރެވެނީ މައުމޫން ޢަބްދުލްޤައްޔޫމެވެ. ނަމަވެސް ފައިސާނެ ނުފޫޒުން ޤާސިމް ވެރިކަމަށް ވަޑައިގަތުމުގެ ބިރު އޮތްކަން ފާހަގަކުރަމެވެ

 

Send article to siyaasee@finiashi.com

Comments
  • By Anonymous 545 Days Ago
    0 points    
    good article needs more statistical facts.
    Reply to this comment
  • By Anonymous 545 Days Ago
    0 points    
    މިއީ ވަރަށް ރަގަޅު އާޓިކަލް އެއް ނަމަވެސް ބައެއް ކެނޑިޑޭޓުންގެ މަޢުލޫމާތު ނެތްކަން ފާހަގަ ކުރެވޭ... މިސާލަކަށް އުމަރު ނަސީރު.
    Reply to this comment

Description
siyaasee
Posts: 9
Comments: 2
politics information about Maldives
Categories
Tags
6 maumoon (6)
4 politics (4)
2 maldives (2)
2 gasim (2)
1 drp (1)
1 yaameen (1)
1 saeed (1)
1 hassan (1)
1 anni (1)
Powered by:
BoonEx - Community Software; Dating And Social Networking Scripts; Video Chat And More.
Copyright © 2010 Finiashi.com.

Web Hosting  ,  Web Design & Development ,  SEO ,  Internet Marketing  by   Maldives Web Hosting Company