| Home | Games | Youtubes | Members | Blogs | Photos | Videos | Music |
| Groups | Classifieds | Events | Polls | Forums | Articles | Boards | chat |
Post
ކޮންމެ ހުކުރު ދުވަހެއްގެ ރޭ އެސްއެމްއެސް މުދުވެރިކޮށް ދިއެފްއެމްއިން ކުރިއަށް ގެންދަމުންދާ ޕޯލުން އެމްޑީޕީގެ ކެނޑިޑޭޓް މިހަފްތާގައިވެސް ކުރިހޯއްދަވައިދިއެވެ. މި ވޯޓް ނަގަމުންގެންދަވަނީ މިފަހަރު ރިޔާސް އިތިޙާބައް ކުރިމަތިލައްވާފައިވާ ބޭފުޅުންގެ ތެރެއިން ރައްޔިތުން އެންމެ ކަމުދަނީ ކޮން ކެނޑިޑޭޓަކާއި މެދުގައިތޯބެލުމަށެވެ. މިފަހަރު ފޯލްގެ ކަންތައްތައް ކުރިޔަށް ގެންދެވީ އޮބްޒާވަރުންގެ ހާޒިރުގައެވެ. އޮބްޒާވަރުންގެ ތެރޭގައި ނޫސްތަކުގައި މަސައްކަތްކުރާ ބޭފުޅުންނާއި ސިޔާސީ ޕާޓީތަކުގެ އިސްބޭފުޅުން ތިއްބެވިއެވެ
މި ޕޯލަށް މިފަހަރު 10887 މީހުން ވޯޓް ދެއްވާފައިވެއެވެ. މީގެ ތެރެއިން 5344 މީހުން ވޯޓް ދެއްވާފައިވަނީ އަންނިއަށެވެ. ކުރީ ފަހަރަށް ބަލާނަމަ މިފަހަރު އަންނިއަށް އިތުރަށް ލިބިފައިވަނީ 1573 ވޯޓްއެވެ
ދެވަނައަށް ގޮސްފައިވާފައިވާ ޑރ ހަސަން ސައީދަށް ލިބިފައިވަނީ 1212 ވޯޓްއެވެ. ނަމަވެސް ކުރީ ހަފްތާއަށް ބަލާއިރު ހަސަން ސައީދަށް 220 ވޯޓް ލިބިފައިވަނީ މަދުންނެވެ
ކުރީ ހަފްތާގައި ދެވަނައިގައި އޮތް ޑީއާރްޕީގެ ޒައީމު މިފަހަރުވަނީ 3 ވަނައަށް ވެއްޓިފައެވެ. އެނަމިކުފާނަށް މިފަހަރު ލިބިފައިވަނީ 2005 ވޯޓްއެވެ. ކުރީ ހަފްތާއަށް ބަލާނަމަ މިފަހަރު މަޢުމޫނަށް ލިބިފައިވަނީ 357
ވޯޓް މަދުންނެވެ
ޖުމްހޫރީ ޕާޓީގެ ފަރާތުން ކުރިމަތިލީ ގާސިމް އިބްރާހީމް މިފަހަރުވަނީ ކުރީ ފަހަރަށް ވުރެ 382 ވޯޓް އިތުރަށް ހޯއްދަވައި މިފަހަރު 1930 ވޯޓް ހޯއްދައިގެން ހަތަރުވަނައަށް ގޮސްފައެވެ
ދެންތިބި ކެނޑީޑޭޓުންނަށް ބަލާނަމަ އިބްރާވެސް ވަނީ އެއްފިޔަވަޅު ފަހަތަށް ޖެހިފައެވެ. އެއީ 6 ވަނައަށް ވެއްޓިފައެވެ. އަދި 6 ވަނަގައިއޮތް އުމަރުވަނީ 5 ވަނައަށް ކުރިޔަށްޖެހިލާފައެވެ
ވީމާ، މީގެން ދޭހަވަނީ ކެނޑިޑޭޓުން ކުރައްވަމުންގެންދަވާ ކެމްޕޭނުގެ ސަބަބުން ރައްޔިތުން ހޮވަން ބޭނުންވާ ބޭފުޅުއަކީ ކާކުކަމާއި، ކެޑިޑޭޓުންގެ ސަޕޯރޓްއަށް އަންނަމުންދާ ބަދަލުތަކެވެ. ނަމަވެސް ރޭގަ އަޅުގަނޑަށްވެސް އެތައް އެސްއެމްއެސް އެއް އަންނި އަށް ވޯޓް ލުމަށް އެސްއެމްއެސް ފޮނުވުމަށް މެސެޖް ލިބުނެވެ. ވީމާ، މީގެން ފެންނަ އަނެއްފަރާތަކީ ހަޤީޤީ ވޯޓް ލާދުވަހުވެސް މިގޮތަށް ކެމްޕެއިން ކުރައްވާނެކަން ކަށަވަރެވެ. އެގޮތުން ކުޑަފާހަގަ ނުވަތަ ބޮޑުފާހަގަ ޖެހުމަށާއި، ގޮތެއް ނިންމަން ނޭންގޭނަމަ ފުރަތަމަ ނަމުގައި ފާހަގަ ޖެހުމަށާއި މިނޫން އެކި ގޮތްގޮތައް އެސްއެމްއެސް އާޢި އެހެނިހެން ގޮތްގޮތުން ރައްޔިތުން އަނބުރާނެކަންކަށަވަރެވެ. ނަމަވެސް އަޅުގަނޑަށް ކަމުދާ އެކަކުވެސް މިފަހަރު ނެތުމުން އަޅުގަނޑު ފާހަގަ ޖަހާނީ އަޅުގަނޑުގެ ނަން ތިރީގަޖަހާފައި އެނަމުގައެވެ
- There are no comments yet
