| Home | Games | Youtubes | Members | Blogs | Photos | Videos | Music |
| Groups | Classifieds | Events | Polls | Forums | Articles | Boards | chat |
Post
މިރާއްޖޭގެ ރައީސްކަމަށް ކުރިމަތިލައްވާފައިވާ ޤާސިމްއިބުރާހީމަކީ ތެދުތެދަށް ދަންނަވާނަމަ ދެންނެވީ ސަލާން ޖަހަމުންދާ، އެހީހޯދުމަށްދުވާ ނިކަމެތިންނާއި، މިގައުމުގައި ދިރިއުޅޭ މުސްލިމުންގެ ހަޤީޤީ ބައްޕައެވެ. ހާލުގައި ޖެހިފައިވާ އެތަށްނިކަމެތިންނަށް އެހީތެރިކަން ފޯރުކޮށްދެއްވަމުންގެންދަވާ ވަރަށްހިތްހެޔޮބޭފުޅެކެވެ. ހާއްސަކޮށް ނިކަމެތި ފަޤީރުންދެކެ ވަރަށްލޯބިފުޅުވާ ބޭފުޅެކެވެ. ކުރިންވެސް އަދި، މިހާރުވެސް މިކަންމިއޮތީހަމަ މިގޮތުގައެވެ. އެހެންކަމާއެކު، މިގައުމުގެ ނިކަމެތި ރައްޔިތުންގެ ހިތްތަކުގައި ބިންވަޅުނެގިފައިވާ ބޭފުޅަކީ ލޯތްބާއި އިތުބާރާއި، ޔަޤީންކަންލިބިފައިވާ ހަމައެކަނި ބޭފުޅަކީ ޤާސިމެވެ.
މިއީ، ކަންއޮތްގޮތެވެ. ވޭތިވެގެންދިޔަ ދިގުމުއްދަތުގެތެރޭގައި ރާއްޖޭގެރައްޔިތުންގެހާލު އެންމެރަނގަޅަށް އެނގިވަޑައި ގަންނަވާނެ ހަމައެކިހުންނެވި ބޭފުޅަކީ ޤާސިމުނޫނީ ނުވާނެއެވެ. ޤާސިމުއިބުރާހީމު ރައްޔިތުންނަށް ވެފައިވަނީކީ ހަމައެކަނި ފައިސާގެ އެހީތެރިކަމެއްނޫނެވެ. އެމަނިކުފާނުން އަޅުގަނޑުމެން ނިކަމެތިންނަށް ސިޔާސީގޮތުންނާއި، އެހެނިހެން ގޮތްގޮތުންވެސް މިނިވަންކަން ހޯއްދަވައިދެއްވުމައްޓަކައި އެންމެބޮޑަށް މަސައްކަތްކުރައްވާފައިވާ ބޭފުޅަނީވެސް ހަމަ ޤާސިމުއިބުރާހީމެވެ. މިގޮތުން މިވަގުތުއޮތްއެންމެ އިދިކޮޅުސިޔާސީޕާރޓީއަކީވެސް ސީދާ ޤާސިމް އިބުރާހީމު އުފައްދަވާފައިވާޕާޓީއެކެވެ. އެއީކީ، އަންނިގެ މަސައްކަތްކަތުން އުފައްދާފައިވާ ޕާރޓީއެއްނޫނެވެ. އަޅުގަނޑުމިހެންމިދަންނަވަނީ މިކަމުގެހަގީގަތް ވަރަށް ރަނގަޅަށް އެގިހުރިމީހެއްގެ ހައިސިއްޔަތުންނެވެ.
އެމް، ޑީ، ޕީ، އުފެދި މިޕާރޓީގެ މެމްބަރުންނާއި، މިޕާރޓީއަށް ތާޢީދުކުރައްވާފަރާތްތަކުން ހަމަނޭވާލަމުން ދިޔަވަރަކަށް މިހާރުމިއޮތް ހުދުމުހުތާރު ވެރިކަންހިންގާ މައުމޫނުގެ އަނިޔާވެރި ސަރުކާރަށްޖެހުނީ މެކުހަށްޖަހާފައި ހުރި ދަތްގަނޑު އެއްކޮށްދައްކޮށް ހަރުކަށިގޮތްގަނޑު ދޫކުރާށެވެ. ހަޤީގަތަށްދަންނަވާނަމަ ދެންނެވޭނީ ޤާސިމް އިބުރާހީމަކީ ނިކަމެތިންގެ ބައްޕައެއްވެސް އެކަންޏެއްނޫނެވެ. ޤާސިމްއިބުރާހީމަކީ ދިވެހިރާއްޖޭގައިތިބި މުސްލިމު އުއްމަތަށް ނިސްބަތްވާ ރާއްޖޭގައިތިބި މުސްލިމުންގެ ހަޤީޤީ ބައްޕައެވެ. އަޅުގަނޑު މިހެން މިދެންނެވީ މިޤައުމުގައި އިސްލާމްދީނު ޤަބޫލުނު ކުރާބަޔަކުވެސް އެބައުޅެއެވެ. އަދި، އެމީހުން އެޅެމުންގެންދަނީ ކާކުގެ ފަހަތުގައިކަން ތިޔަބޭފުން ހޯދާށެވެ. ލަނޑައިންނާއިގުޅޭނީ ލަނޑައިންނޭބުނާބީދައިން އިބިލީހުންނާއިގުޅޭނީ އިބިލީހުންނެވެ. މައުމޫނުގެ ފަހަތުގައި އުޅެމުންގެންދާ މީހުން މައުމޫނު ފަހަތުލައިގެން އުޅެމުންއެގެންދަނީ މިވޭތިވެދިޔަ ތިރީސް އަހަރުގެތެރޭގައި މައުމޫނުކޮށްފައިވާ ނުބައިނުލަފާ ޖައްބާރުކަންތައްތައް ފަހަރެއްގައިވެސް ނޭގިތިބެއެއް ނޫނެވެ.
އާދެ. އަޅުގަނޑު މިގައުމުގައި ދިރިއުޅެމުންގެންދާ މުސްލިމު އަހުންނާއި އުހްތުންނައް ދަންވާލަންއޮތްހާވެސް ވާހަކައަކީ ޤާސިމު މިގައުމުގެ ވެރިކަމަށް މިފަހަރު ހޮވައިދިނުމަކީ ވަރައްވެސް މުހިންމުކަމެކެވެ. އެހެނީ، ޤާސިމްއަށް ވެރިކަން ލިބިއްޖެނަމަ ހަމަޔަޤީނުންވެސް އަޅުގަނޑުމެންނަށާއި، އަޅުގަނޑުމެންގެ ދަރިންނަށް ޞިއްހީ ގޮތުންނާއި، ތަޢުލީމީގޮތުންނާއި، އަދި، ވަޒީފާގެ ފުރުސަތުތައް އިތުރުވެގެން ދިއުމުގެ އިތުރުން އަހަރެމެންނަށް ބޭސްފަރުކާކޮށް ހެދުމުގަޔާއި، ދެން، މިހެންގޮސް ހުރިހާކަމެއްގައިވެސް ވަރަށްބޮޑެތިފަސޭހަތައް ވެގެންދާނެކަން ޔަޤީނެވެ. އެހެނީ، ޤާސިމްއިބުރާހީމަކީ ކުރިންވެސް އަދި، މިހާރުވެސް އެއްވެސް އަގަކާއިނުލައި ވަރަށްގިނަބަޔަކަށް އަމިއްލަޖީބުން ޚަރަދުކުރަމުން ގެންދަވާބޭފުޅެކެވެ. އަދި، މިއީތެދެއްކަން ތިޔަބޭފުޅުންވެސް ޤަބޫލުފުޅު ކުރައްވާނެ ފަދައިން މިރާއްޖޭގައި ޤާސިމުނޫނީ އެހެންވިޔަފާރި ވެރިންނެތީތޯއެވެ، އެއިންމީހަކު މީހަކަށް ކަމެއްއެބަކޮށްދޭތޯ، ނުކޮށްދޭ! އަނިޔާވެރި މައުމޫނު ފަހަތުލައިގެން ތިއުޅޭ ޗަންޕާމެންނާއި، ސަންޓްރެވަލް ޝިޔާމުމެން އަތުގައިފައިސާނެތީތޯ، ކޮބާތަ މައުމޫނުލައިގެންއުޅޭ ޗަންޕާތައް، ޗަންޕާޕޫލުތައް! އެއީ، ވިޔަވާރިވެރިންނެއްނޫންތޯ؟ އެމީހުންއަތުގައި ރިސޯޓްފަހަރުނެތީތޯ؟ އަޅުގަނޑު އަޑުއަހާފައިވާ ގޮތުގައި ހަމައެކަނި ޅ، އަތޮޅުގައި މިދަންނަވާ ޗަންޕާމެންގެ ދެތިން ރިސޯޓްއޮވެއެވެ، ނަމަވެސް އެއަތޮޅުގެ ރަށަކަށް ފައިދާނުކޮށްދޭތާ މީހަކައްވެސް ފައިދާއެއް ކޮށްނުދޭތާ މީނާގެ ސަބަބުން އެއަތޮޅުގެ ރައްޔިތުންނަށްވަނީ ބޮޑުބަލާއެއްކަމަށްވެއެވެ. އެހެންވެގެން ކުރިންވެސް އަޅުގަނޑު ދަންނަވާލީ މައުމޫނުފަހަތުލައިގެންއުޅޭނީ މިގައުމުގެ ނިކަމެތިން ބަނޑަށްޖައްސާ މިގައުމުގެ ނިކަމެތިން ނަށް ގެއްލުމަށްއުޅޭ އަދި، އަމިއްލަފައިދާއަށްއުޅޭ މީހުންނޭ.! އާދެ، މިހެންގޮސް މައުމޫނުގެ ނުބައިކަމާއިނުލަފާ ކަމުގެ ވާހަކަ އެއްހާސްސޮފްހާވެސް ލިޔެވެދާނެއެވެ. އަދި، ހަމަ، އެހެންމެ، ޤާސިމުގެފަރާތުން ނިކަމެތިންނަށް ހަމައެކަނި މިހާރުކޮށްދެއްވާފައިވާ ކަންތައްތަކަށްބަލާލިޔަސް ދިހަހާސްސޮފުހާވެސް ލިޔެވިދާނެއެވެ. މިއީ، ހަމަ، ހަޤީގަތެވެ.
ދަންނަވަންތޯއެވެ. ދިވެހިންގެތެރޭގައި ކަންތައްތައްއޮޅުވާލަނީކީ މިއޮތްއަނިޔާވެރި ސަރުކާރާ އިދިކޮޅު ޕާރޓީތަކަ ކުންނޭނެވެ. ރައްޔިތުންނަށް ކަންތައްތައް އޮޅުވާލަނީ އަދިވެސް މިގައުމުގެވެރިކަމުގެ ދަހިވެތިކަމުގައިތެޅޭ ، މައު މޫނުއާއި، މައުމޫނުގެ އައުވާނުންނެވެ. އާދެ! އަދިވެސް ދިވެހިރައްޔިތުންގެ ލެއިބުޔުމުގެ މަތިވެރި މަޤުސަދު ގައެވެ. މައުމޫނު 30 އަހަރުދުވަހު ވެރިކަން ކުރިއިރުވެސް ހިތްފުރޭވަރެއް ނުވިއެވެ. މީހާމިހާރު މުސްކުޅިކަމުން އުޅެވެނީކީނޫނެވެ. މައުމޫނަށް މިފަހަރު ވެރިކަންލިބިއްޖެނަމަ ބަޔަކު ބަނޑައްޖައްސާ މަރާނެއެވެ. ނުވަތަ، ބަޔަކަށް އަނިޔާފަށެއްދޭނެއެވެ.
ވަރަށް ރަނގަޅުވާހަކައެކެވެ. ޤާސިމުއިބުރާހީމަކީ މައުމޫނުއާއިއެއްވަރަށް ދޫހެލޭމީހެއްނޫނެވެ. މިއީ، މައުމޫނުއާއި، އޭނާގެ ގޮތެއްފޮތެއްނެތް މީހުންދެކޭގޮތެވެ! އެކަމަކު ދާދިމިދާކަށް ދުވަހު އެއްސްޓޭޖަކަށްއަރާ ވާހަކަދެއްކިއިރު މައުމޫނަށް ޖެހުނީ ޤާސިމު ފަކީރައްވުރެވެސް ބޮޑަށް އަނގަ ހުނި ހަކުރުފަތަފޮޅިއެއްހެން ހަދައިގެން އިންނާށެވެ. އަދި، ޑޮކްޓަރ ހަސަންސަޢީދުމެން ވާހަކަދައްކާލިއިރު ތިޔަމޮޅުކަމަށްބުނާ މައުމޫނަށްޖެހުނީ ދެމިޔަކަނުން ސޮނިވެއްޓިފާ އިންނާށެވެ. ދަންނަވަންތޯއެވެ، މައުމޫނަކީ ބަޔަކުމީހުން މާމޮޅުމީހަކަށް ހަދައިގެންއުޅޭމީހަކައްވިޔަސް މިހާރު މައުމޫނަކީ މޮޅުމީހެއްނޫނެވެ. ތަޢުލީމީމީހެއްނޫނެވެ. މައުމޫނަކީ މިހާރު ރަށްރަށުގެ ކަތީބުންނައްވުރެވެސް ފެންވަރުދަށް މީހެކެވެ. އަދި، މައުމޫނަކީ، އެންމެކުޑަމިނުން މާސްޓަރޑިގްރީއެއްވެސް އޮތްމީހެއްނޫނެވެ. އޭގެބަދަލުގައި އިބުރާއާއި، އަންނިއަތުގައިވެސް މާސްޓަރޑިގްރީއެބޯތެވެ. އެބޭފުޅުންނައްވުރެވެސް މައުމޫނުގެ ތަޢުލީމީ ފެންވަރު މިހާރު ދަށެވެ. އަދި، މައުމޫނަށްވުރެމޮޅަށް ކިޔަވައިގެންތިބި މީހުން މިގައުމުގައި މިހާރު ހާހުން ގުނާލެވޭނެކަންވެސް ޔަޤީނެވެ. ހަގީގަތުގައި މިހާރު ވެރިކަމަށްކުރިމަތިލާފައިވާ ބޭފުޅުންގެތެރޭގައި އެންމެ ފެންވަރު ދަށް މީހަކީވެސް މައުމޫނެވެ.
ޢުމުރުން 70 އަހަރުން މައްޗަށް ދިޔައިމަކާ އެއްވެސްމީހެއްގެ ބުއްދިއެއްފުރިހަމައެއްނުވާނެއެވެ. އެހެންކަމުން މިހާރު މައުމޫނުގެ ސިކުނޑި ހަމައެއް ނުވާނެކަން ކަށަވަރެވެ. އަދި، މައުމޫނަކީ ފުދޭވަރެއްގެ ވަރުގަދަ ސްޓްރޯކެއް ޖެހިފައިވާ މީހެކެވެ. އަދި، ހަކުރުބަލީގެމީހެކެވެ. ހިތުގެބަލީގެ ސަބަބުން ބްލަޑްޕްރެޝަރ ކޮންޓްރޯލުކުރަން މިޖެހެނީވެސް ބޭސްބޭނުން ކޮށްގެންނެވެ. މައުމޫނަކީ ދާއިމީކޮށް ބޭސްބޭނުންކުރަންޖެހިފައިވާ ބަލިމީހެކެވެ. ވީހިނދު، ފުރިހަމަ ޞިއްހަތެއްގައިނެތްމީހަކަށް ކުރެވޭނީ ކޮންވެރިކަމެއްހެއްޔެވެ. ޖާހިލުންނަކީ އެއްވެސްކަމެއްގައި ގޮތްދޫކުރާބައެއްނޫނެވެ. މައުމޫނަކީ....ލެކެވެ.
ޤާސިމްއިބުރާހީމައްވެސް އެއްވެސް ހައްޤަކާނުލާދީފަހުރި އަނިޔާނިކަން ދެކިބަލާ! އަދި، ޅިޔަނު އިލިޔާސް އިބުރާހީމު ފައިސާގަނޑުހިފައިގެން ގައުމުންފުރައިގެން ހިގައްޖެއޭކިޔައިގެން ޓީވީއާއި، ރޭޑިޔޯއަށް އަރައިގެންވެސް ހަޅޭލެވީ ވެރިކަމަށް ދަހިވެތިވެތިވެފައިވާ ބަހާޢަމަލާދިމާނުވާ މައުމޫނެވެ. ދެން، މީހުން، ހެއްދެވިނެހެއްދެވިއައް އެއްޗެހިގޮވީމާ މިގޯސްވަނީ ހަޤީގަތްހާމަކުރާ މީހުންނެވެ. އަހަރެން ހިތަށް އަރައެވެ. 30 އަހަރު ދުވަހުގެތެރޭގައި މިބޭ ކިތަންމީހުންނަށް އަނިޔާދީ، އަދި، އެއަނިޔާތަކުގެ ސަބަބުން ކިތައްމީހުން މަރުވެފައިވާނެބާވައެވެ.
ދަންނަވަންތޯއެވެ. ޤާސިމްއިބުރާހީމަށް މިޤައުމުގެ ވެރިކަންލިބިއްޖެނަމަ އަޅުގަނޑުމެން ޓީޗަރުންނަށާއި، ނަރުހުންނަށާއި، ޑޮކްޓަރުންނަށާއި، ޞިއްޙީޚިދުމަތް ތެރިން ނަށާއި، އަދި، އެހެންއެންމެންނައްވެސް ވަރަށްބޮޑަށް ފައިދާކުރާނެއެވެ. އަދި، އަޅުގަނޑުމެން ރައްޔިތުންގެ ފަރާތުން ޤާސިމް އެބޭނުންވެ ލައްވާކަންތައް ނުވެއްޖެނަމަ، އަޅުގަނޑުމެންގެތެރެއިން ވަރަށްގިނަބަޔަކަށް ގެއްލުން ތަކަކާއި ކުރިމަތިވާނެއެވެ. އެހެންކަމުން ރައްޔިތުންދެކެ، އަދި، ހާއްސަކޮށް މިރާއްޖޭގައި ހާލުގައިއުޅެންޖެހިފައިވާ ދެރަ ނިކަމެތިންނަށް ކުޑަކޮށްވެސް ހެވެއްއެދޭނަމަ އަޅުގަނޑުމެން ކޮންމެހެންވެސް ޤާސިމް އެބަހޮވަންޖެހެއެވެ. އެހެން ކަމުން ޤާސިމުއަށް ވޯޓްދެއްވުމަށް އަޅުގަނޑު އިހުލާސްތެރިކަމާއެކު ހުރިހާފަރާތަކައްވެސް ދަންނަވަމެވެ. އަދި، އަހަރެމެން ތަޢުލީމީ ދާއިރާގަމަސައްކަތް ކުރައްވާ ބޭފުޅުންނާއި، ޞިއްޙީޚިދުމަތްތެރިންނާއި، ޢާއިލާތަކުން ފުރިހަމައެހީތެރިކަމާއި، އެއްބާރުލުން ޤާސިމް އިބުރާހީ މަށް ދެއްވަން ވާނެއެވެ. އަދި، ކޮންމެދިވެހި ރައްޔިތަކުވެސް ޤާސިމްއަށް ވޯޓްދެއްވުމަށް އަޅުގަނޑު ގޮވާލަމެވެ.
އެހެނީ، ޤާސިމްއިބުރާހީމަކީ ބަލިމީހުންނަށް އެހީތެރިވާ ބޭފުޅެކެވެ. ފަޤީރުންގެ އުދާސްތައް ހިއްސާކުރާ ބޭފުޅެކެވެ. އަޅުގަނޑުމެންގެ ދަރިންނަށާއި ، ވަރަށްގިނަބަޔަކަށް ކިވައިދެއްވުމަށް ބޮޑެތިޚަރަދުތައް ކުރައްވާ ބޭފުޅެކެވެ. އަދި، އެތައް ބަޔަކަށް އަމިއްލަވަޒީފާ ތަކާއެކު ބޮޑުމުސާރަތައް ދެމުންގެންދާ އިހުސާންތެރި ބޭފުޅެކެވެ. އެހެންކަމުން ޤައުމުމިއޮތްހާލަތަށް ވިސްނަވާފައި ކޮންމެބޭފުޅަކުވެސް (ހަމައެކަނި މިގައުމުގެ ފަގީރުންނަޓަކާނަމަވެސް) ޤާސިމުގެ މިއެދިލައްވާ ކަންތައް ކޮށްދިނުމަކީ މިފުރުސަތުގައި ވަރަށްވެސް ބޭނުންތެރިކަމެއްކަމުގައި ހިތުގެ އިހުލާސްތެރިކަމާއެކު ދަންނަވަމެވެ.
Send articles to siyaasee@finiashi.com
- There are no comments yet
